މެލޭޝިޔާގެ ދަ ގްލޯބަލް ޔުނިވާސިޓީގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޔުނިވާސިޓީގެ ރައީސްގެ އެވޯޑް ކުމުންދޫގެ ދަރިވަރަކު ހޯދައިފި އެވެ.
ދަ ގްލޯބަލް ޔުނިވާސިޓީ އޮފް އިސްލާމިކް ފައިނޭންސްއިން ކުރިއަށް ގެންދިޔަ މާސްޓާސް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ޕްރޮގުރާމުން އެންމެ މަތިން ފާސްވެ މި އެވޯޑު ހާސިލް ކޮށްފައިވަނީ ހދ.ކުމުންދޫ ހުސްނޫވިލާ ވަލީދާ އަބްދުއްރަހުމާނެވެ.
މި އެވޯޑް ވަލީދާ ހާސިލްކޮށްފައިވަނީ 27 ގައުމުގެ ދަރިވަރުންނާއި ވާދަކޮށް ހުރިހާ މާއްދާއަކުން އޭ ހޯދައިގެންނެވެ.
ވަލީދާއަށް މި އެވޯޑް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ސިމްޑާބީ ކޮންވެންޝަން ސެންޓަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ދަ ގްލޯބަލް ޔުނިވާސިޓީ އޮފް އިސްލާމިކް ފައިނޭންސް ނުވަތަ އިންސިފްއަކީ މެލޭޝިއާގެ ދެ ބޭންކެއް ގުޅިގެން އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އުފައްދާފައިވާ އިލްމީ ވުޒާރާއެކެވެ. ރާއްޖޭގައިވެސް އެ ޔުނިވާސިޓީގެ ފަރާތުން ދަނީ އެކި ޕްރޮގްރާމުތައް ހިންގަމުންނެވެ.