twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެއާޕޯޓް އަޅަން ބިން ހިއްކާ ސަރަހައްދު ބަންދުކޮށްފި

Nov 7, 2017

ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ބިން ހިއްކާ ސަރަހައްދު އާއްމުކޮށް ނުވަދެވޭނޭހެން ބަންދުކޮށްފި އެވެ. ދުއްވާ ތަކެއްޗަށާއި އާއްމުންނަށް ނުވަދެވޭނެހެން އެސަރަހައްދު ބަންދުކޮށްފައިވަނީ މިއަދު އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމް ޒިޔަތު ވިދާޅުވީ ސަރަހައްދު ބަންދުކުރީ މަސައްކަތަށް ކުރިއަށްދާ ވަގުތު އުނދަގޫވާނެތީ ކަމަށެވެ.

އޭނާ ވިދާޅުވީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނީ މިމަހު 12 ވަނަ ދުވަހު ކުޅުދުއްފުށީގައި ބާއްވާ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ. އޭގެ ކުރިން ކުރަން ޖެހޭ މަސައްކަތްތަށް މިހާރު ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ޒިޔަތު ވިދާޅުވީ މޫދާއި ކުޅި ސަރަހައްދުގައި ބަންޑުވޯލް ޖެހުމުގެ ބޮޑު ބައި ނިންމިފައިވާ ކަމަށާއި ކުޅިން ޗަކަށް އެއްފަރާތަށް ޖެއްސުމާ އެފަދަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މަހާ ޖައްރާފުގެ ޓެސްޓް ކުރުންތަކެއްވެސް ކުރިއަށްދާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ބިން ހިއްކުމުގެ މަސައްކަތްތަށް ބޭނުންވާ އިތުރު ވަސީލަތްތައްވެސް މީގެ ދުވަސްކޮޅެއް ކުރިން ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަންވޭ ހެދުމަށް ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އެއީ ކުޅިން 9 ހެކްޓަރު ބިމާއި މޫދުން 6 ހެކްޓަރުގެ ބިން ކަމަށެވެ. ކުޅި ހިއްކުމަށް ހަމަޖެހިފައިވަނީ އެތަނުގެ ހުރި ޗަކަތަށް ނަގައި އެެހެން ތަނަކަށް އަަޅައިގެން ނެވެ. އެހެންކަމުން ކުޅީގެ 71 އިންސަތަ ޗަކަ ނަގާނެ ކަމަށް ޒިޔަތުވަނީ މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފަ އެވެ. ކުޅީގައި އޮންނަ “ބޮޑު ކުޅި” ކިޔާ ސަރަހައްދު ނުހިއްކާނެ ކަމަށެވެ.

ކުޅި ހިއްކުމަށް ބޭނުންވާ ވެލި ނަގާނެ ރަނގަޅު ދެ ސަރަހައްދެއް އަތޮޅުން ފެނިފައިރު މިހާރު ކުރަމުންދަނީ އެސަރަހައްދުގައި ހުރި ވެލި ޓެސްޓްކުރުމުގެ މަސައްކަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355