twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގެ 2 ސްކޫލަކަށް 20 ފްރީ ސްކޫލް ޓީޗަރުން ހޯދަނީ

Nov 14, 2017

އަންނަ އަހަރަށް ކުޅުދުއްފުށީގެ 2 ސްކޫލަކަށް ޖުމްލަ 20 ފްރީ ސްކޫލް ޓީޗަރުން ހޯދުމަށް އިއުލާންކޮށްފި އެވެ. އެއީ ހދ. އޭއީސީ އަށް 12 ޓީޗަރުންނާއި އަފީފުއްދީން ސްކޫލަށް 8 ޓީޗަރުންނެވެ.

ދެ ސްކޫލަށް 20 ޕްރީ ސްކޫލް ޓީޗަރުން ހޯދުމަށް އިއުލާން ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މި ނޮވެންބަރ މަހުގެ 12 ވަނަ ދުވަހު އެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި ޕްރީ ސްކޫލް ޓީޗަރުންގެ ގޮތުގައި ޓީޗަރުން ހަމަޖައްސާނީ ޕްރީ ސްކޫލަށް ހާއްސަވެފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައި ވުމެވެ. ނުވަތަ ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޓީޗަރެއްގެ ޝައުތު ފުރިހަމަވުމާއެކު، ޕްރީސްކޫލް ރޮނގުން ނުވަތަ އާރލީ ޗައިލްޑްހުޑް ކެއަރގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ ޕްރީސްކޫލް ރޮނގުން ނުވަތަ އާރލީ ޗައިލްޑްހުޑް ކެއަރގެ ރޮނގުން އެޑިއުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލެއްގައި މަދުވެގެން 1 އަހަރުގެ މުއްދަތަކަށް ކިޔަވައިދީފައިވުމެވެ.

އެގޮތުން މި ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުން މަގާމަށް އެދި ފޯމް އެޑިއުކޭޝަން މިނިސްޓްރީގެ ކައުންޓަރުންނާއި މަގާމު އޮތް އޮފީހަކުން އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ނުވަތަ ފެކްސް މެދުވެރިކޮށް ވަޒީފާ އޮތް ސްކޫލަކަށް ހުށައެޅުމުގެ އެންމެ ފަހު ގަޑިއަކީ މިމަހުގެ 21 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން މަގާމު އޮތް ސްކޫލަށް ކަމަށް އިއުލާނުގައި ވެއެވެ.

އަދި މި އިއުލާނުގައި ވާގޮތުގައި މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 22 ނޮވެންބަރ އާއި 30 ނޮވެންބަރ އާ ދެމެދު އެ ސްކޫލަކުން ކަމަށާއި މި ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރު ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެ ކަމަށެވެ.

މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3341417 ނުވަތަ 3341440 ފޯނާއި ގުޅުމަށް އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355