ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން ކަމަށްވާ "އުރީދޫ ފަން ރަން 2025 އައްޑޫ ސިޓީ" ގައި ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ.
އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން 2025 އަށް ރެޖިސްޓަރ ވުމުގެ ސުން ގަޑިއަކީ މިއަދުގެ 23:59 އެވެ. މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ހިތްގައިމު މަޖާ އަދީ އާއިލާ އާއ ރައްޓެހިންނާއެކު ބައިވެރި ގުޅުން ބަދަހި ކުރެވޭނެ ރަންއެކެވެ.
އަދި އައްޑޫސިޓީގެ މަގުތަކަށް ކުލައާއި އުފާވެރިކަމާއި ހަކަތަ ގެނެސްދޭނެ އީދެކެވެ. އުރީދޫ ފަން ރަންއަކީ ފިޓްނަސް އަދި މަޖަލާ އެކުގައި ބާއްވާ އެންމެ އުފާވެރި ފަސް ކިލޯ މީޓަރުގެ ދުވުމެކެވެ.
ދުވުންތެރިންނަށް މަގުމަތީގައި ކުލަ ޖެހިމާއި މިއުޒިކު އަދި އިންފްލެޓޭބަލް ސްޓޭޝަންތަކަށް ފަރުމާކުރެވި އާއިލާތަކާއި ރައްޓެހިން ގުޅާލައި، އެކުގައި އުޅެވޭނެ ކާނިވަލެއް ފަދަ މާހައުލެއް ގާއިމުކުރެވިގެންދާނެއެވެ.
މި އިވެންޓުގެ ޖާގަ ކަށަވަރު ކުރުމަށް 15 ޖޫން 2025 ގެ 23:59 ކުރިން ބައިވެރިން ރަޖިސްޓްރީވުމަށް ހަނދާންކޮށްދެމެވެ.
- ސްޓޭންޑަޑް ކިޓް: 110 ރުފިޔާ (ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް)
- ފަން ކިޓް: 210 ރުފިޔާ (ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ދަބަސް، އައިގްލާސް، ބަނޑާނާ).
އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުންދާ މި ހަރަކާތަކީ އާންމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވުނު ފަން ރަންގައި 6،500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. 6 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް މި ދުވުމުގައި ބައިވެރިވެވޭނެއެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި ނުވަތަ ދުވެފައި އަދި ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ.
އުރީދޫ ފަން ރަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުނެއް ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދެކެވެ.