twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުއްޓަށް ރޯނުވަށާ މެޝިން ހޯދައިދިނުމަށް އެދިއްޖެ

Nov 16, 2017

ރޯ ބޮނބި، ނަރަށް ހަދައިދޭ މެޝިން ބަޖެޓް ކޮންމެ ހިސާބެއްގައި ހިމަނައި އޭގެ މެޝިން ކުޅުދުއްފުއްޓަށް ލިބޭނެ ގޮތެއް ހޯދައިދެއްވުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

2018 ވަނައަށް ލަފާކުރާ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ނަޝީދު ވިދާޅުވީ ރޯނުވެށުމުން ހަރަކާތްތެރިވާ މީހުންނަށް އެވިޔަފާރިން އެކަށީގެންވާ އާމްދަނީއެއް ލިބޭ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު ރޯނުވެށުމަށް ބޭނުންކުރާ ބޮނބި ފާކުރުމަށް ކުޅި ބޭނުންކުރަމުންދާ ކަމަށެވެ. އަދި ކުޅި ހިއްކުމާ ގުޅޭގޮތުން އެންމެ ބޮޑު ޝަކުވާއެއް އައީ ރޯނުވެށުމަށް ބޮނބި ފާކުރުމަށް ކުޅިއަށް ބޮނބި އަޅާފައިވާ ފަރާތްތަކުގެ ފަރާތުންކަމަށާއި ފާ ކުރަން ބަހައްޓާފައި ހުރި ބޮނބި ނަގައިގެން ގެންދެވެން ނެތުމުންނާއި ބޮނބި ފާކުރުމަށް އެހެން ތަނެއް ނުދެކުމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ މިހާރު ބޮނބި ފާކުރަން ބަހައްޓަން ނުޖެހޭ ކަމަށާއި ރޯ ބޮނބި މެޝިނަށް އަޅަލުމުން އެ ނަރަށް ބަދަލުވެގެން ނިކުންނަށް މެޝިނު އެބަހުރި ކަމަށެވެ. އަދި އެފަދަ މެޝިންތަށް އަވައްޓަރި އިންޑިޔާގައި ބޭނުންކުރަމުންދާކަން ނަޝީދު ފާހަގަކުރެއްވި އެވެ.

“ނަމަވެސް ރަށުތެރެއިން މިހާރު އުފެދިފައިވާ ހިޔާލަކީ ރަށުތެރެއިން ކޮންމެ ޖެހޭ ހޭ 6-8 މަސް ވަންދެންކަ ގުދުރަތީގޮތުން ބޮނބި ފާކުރަން ކުޅި އަޅައިގެން ބަހައްޓަން. މިހާރު އަޅުގަނޑުމެންގެ ތެރޭގައި މެޝިނުން އެބަހުއްޓޭ. ރޯ ބޮނބި މެޝިނަކަށް އަޅާލީމަ ނަރަވެގެން ނިކުންނަށް.” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެފަދަ މެޝިން ހޯދައިފިނަމަ ކުޅި އާއި ބޮނބި ފަލާއެކު ދައްކާ ހުރިހާ ވާހަކައަށް ޖަވާބު ލިބިގެންދާނެ ކަމަށާއި މިފުރުސަތުގައި ދަންނަވާލަން ބޭނުންވަނީ ކޮންމެވެސް ކަހަލަ ސްކީމެއްގެ ދަށުން ނަމަވެސް މިކަހަލަ ތިން ހަތަރު މެޝިނެއް ކުޅުދުއްފުށީ ރައްޔިތުންނަށް ބޭނުންކުރޭވެ ގޮތް ހަމަޖައްސައިދިނުމަށެވެ.

“ކައުންސިލްވެސް ހިމެނޭ ގޮތަށް ރަށުގައި އެބަހުރި ކޯޕަރޭޓިވް ސޮސައިޓީތަށްވެސް އުފެދިފަ ، އެހެންވީމަ ކޮންމެވެސް ކަހަލަ ސްކީމެއްގެ ދަށުން ނަމަވެސް މިކަހަލަ ތިން ހަތަރު މެޝިނެއް ނަމަވެސް ރަށުގެ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތް ހަދައިދީފިކަމަށް ވަނީވިއްޏާ، ކުޅި އާއި ބޮނބި ފަލާއެކު ދައްކާ ހުރިހާ ވާހަކައަކަށް ޖަވާބުލިބި އެކަން އެއްގަޑިއިރު ތެރޭގައި ހައްލުވިއްޔޭ.” ނަޝީދު ވިދާޅުވި އެވެ.

ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ރޯނުވެށުންމުގެ ވިސްނުން ގެންގުޅެން: ކައުންސިލް

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ކުޅުދުއްފުށީ ކައުންސިލްގެ ރައީސްވެސް ވިދާޅުވެފައިވަނީ ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ރޯނުވެށުމުގެ ވިޔަފާރި ތަރައްގީކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ.  ީ ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ ރޯނުވެށުމުގެ ވިޔަފާރިކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް  އަބުދުލް ލަތީފް ވިދާޅުވެފައިވަނީ ކުޅި ހިއްކާތީ އޭ ކިޔާފައި އެމަސައްކަތް ހުއްޓެއް ބޭނުންނުވާ ކަމަށެވެ. އެކަން ކުރެވޭނެ ގޮތްތަށް މިހާރު އެބަހުރި ކަމަށާއި އިންޑިޔާގެ އަވަށްތަކުގެވެސް މެޝިނަރީން ބަހައްޓައިގެން ރޯނާއި އެކަމާ ގުޅުން ތަކެތި ތައްޔާރުކޮށް އެކަށީގެންވާ ނަފާ ހޯދަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355