twitterviber whatsapp telegramfacebookyoutube instagram
28th March 2024

އޭލެވަލްގައި ކިޔެވުމުގެ ފުރުސަތު ހުރިހާ ދަރިވަރުންނަށް އެބައޮތް: ޖަލާލުއްދީން ސްކޫލުގެ ޑ.ޕްރިންސިޕަލް

Nov 17, 2017

އަންނަ އަހަރުން ފެށިގެން ހަމައެކަނި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލަކަށް ޖަލާލުއްދީން ސްކޫލު ބަދަލުވެގެންދާއިރު އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށްވެސް އަންނަ އަހަރު އަލުން އެސްކޫލުގެ އޭލެވެލްއާ ގުޅި ކިޔެވުމުގެ ފުރުސަތު އެބައޮތްކަމަށް ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޖަލާލުއްދީން ސްކޫލުގެ މަތީ ސަނާވީ އަދި ދަށް ސާނަވީ ދަސްވެނިވުމުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އައިމިނަތު މުހައްމަދު ވިދާޅުވީ އަންނަ އަހަރުން ފެށިގެން މަތީ ސާނަވީއަށް ހާއްސަ ސްކޫލަކަށް ބަދަލުވެގެންދާއިރު އޭލެވެލް ފުޅާކުރުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭ ކަމަށެވެ. އެގޮތުން ދަސްވާރު ޕްރޮގުރާމާއި ބީޓެކްގެ ތަފާތު ކޯސްތަށް އަންނަ އަހަރަށް ފަށަން ރާވާފައިވާ ކަމަށެވެ.

ގުރޭޑް 10 އެއް ނިންމާ ފަސް މާއްދާއިން ފާސްނުވާ ދަރިވަރުންނަށްވެސް އަންނަ އަހަރުން ފެށިގެން އޭލެވެލްއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މިއަހަރު އޭލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އަންނަ އަހަރު އޯލަވެލްއިން ފެށިގެންދާނެ ކަމަށް އުންމީދުކުރާކަމަށް އައިމިނަތު ވިދާޅުވި އެވެ.

“ތިކުދިންނަށްޓަކާ ފަހި ފުރުސަތުތަކެއް އެބަހުރި ބައެއް ކުދިން ހިތަށް އަރާފާނެ ކިޔެވުން މިހާހިސާބުން މި ނިމުނީ އޭ. ސްކޫލާއި ވަކިވެގެން ދާނީ އޭ. އެހެން ނަމަވެސް ތިއަކުދިންނަށް އެބައޮތް އަދި މި ސްކުލަށް އައިސް ކިޔެވުމުގެ ފުރުސަތު. އުންމީދުކުރަން ތި ހުރިހާ ކުދިން އަނެއްކާވެސް މި ސްކޫލުން ފެންނާނެ ކަމަށް. ގްރޭޑް 10 ގެ ދަރިވަރުން ގްރޭޑް 11 އަށް އައިސް އޭލެވެލްއާ ގުޅޭނެ ކަމަށް.” ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަތީ ސާނަވީއަށް ދިއުމަށްޓަކާ ފަސް މާއްދާގެ ފާހެއް ބޭނުންވިޔަސް މި އަހަރު އަމަލު ކުރަން ފެށުނު މަތީ ސާނަވީ ޕޮލިސީއަށް ބަލާއިރުގައި މިހާރު ހަމައެކަނި މި އިންނަނީ 5 މާއްދާއިން ފާސްވެގެން އޭލެވެލްއަށް ދިއުން އެކަންޏެއް ނޫންކަމަށެވެ. އޭލެވެލްއަށް ދިއުމަށް އެއަށްވުރެންވެސް ފުރުސަތުތައް މިނިސްޓްރީން އިތުރުކޮށްދީފައިވާ ކަމަށެވެ.

” މަދުން މާކްސް ލިބުނު ކަމަށްވިއަސް ސްޓްރީމްތަކަށް ބިޒްނަސް ނޫނީ ސައިންސް ސްޓްރީމް ވަންނާނެ ވަރަށް ފާސްނުވި ކަމަށްވިއަސް އަދި އެބައޮތޭ އެހެން ފުރުސަތުތަށް އޭލެވެލްއަށް ކިޔެވުމުގައި.” އައިމިނަތު ވިދާޅުވި އެވެ.

އެގޮތުން ބީޓެކް އޭލެވެލްއަކީ އެފަދަ ދަރިވަރުންނަށް އާދެވިދާނެ ސްޓްރީމެއްކަމަށް އައިމިނަތު ފާހަގަކުރެއްވި އެވެ. މި އަންނަ އަހަރު އިތުރު ކޯސްތަކެއް ދަރިވަރުން ތަރުހީބު ދޭގޮތަކަށް ބަލާފައި އިތުރު ކުރެވޭތޯ މަސައްކަތް ކުރާނެކަމަށާއި އެގޮތުން ބީޓެކް ޓްރެވެލް އެންޑް ޓޫރިޒަމް، ބީޓެކް ބިޒްނަސް، ބީޓެކް އާރޓް އެންޑް ޑިޒައިން، ބީޓެކް އައިޓީ ފަދަ ކޯސްތަށް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރުވެސް އެސްކޫލުގައި ބީޓެކް ހޮސްޕިޓާލިޓީ އާއި ބީޓެކް ސްޕޯޓްސް އެވެ.

އަންނަ އަހަރުން ފެށިގެން ޖަލާލުއްދީން މަތީ ސާނަވީއަށް ހާއްސަ ސްކޫލަކަށް ބަދަލުވެގެންދާއިރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގުރޭޑް 8 އުފައްދާ ކިޔަވާދޭން ފަށާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355