twitterviber whatsapp telegramfacebookyoutube instagram
15th August 2026

ޝީޝާގެ ހަބޭސް ތިރީހާއެކު އައިފޯން އެކްސްއެއް ހޯދުމުގެ ފުރުސަތު

Nov 23, 2017

ޝީޝާގެ 30 ވަނަ އަހަރީ ދުވަސް ފާހަގަ ކުމުގެ ގޮތުން ކުރިއަށްގެންދާ ހަބޭސް ތިރީސް ޕްރޮމޯޝަންގެ ތެރެއިން އައިފޯން އެކްސް އެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަދު ހުޅުވާލި މި ފުރުސަތުގައި ޝީޝާ ހަބޭސް ތިރީސް ޕްރޮމޯޝަންގެ ޕޯސްޓް އެފްބީގައި ޝެއާރކޮށްގެން އައިފޯން އެކްސް ހޯދިދާނެއެވެ.

އެގޮތުން ޕޯސްޓް އެފްބީގައި ޝެއާރ ކުުރުމަށްފަހު ކޮމެންޓުގައި HabeysThirees# ޖެހުމަށްފަހު ޝެއާރ ކޮށްލާށެވެ.

އެގޮތުން އައިފޯން އެކްސް ހޯދުމުގެ ފުރުސަތު އަންނަ ޑިސެންބަރު މަހު 10 ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

“ހަބޭސް ތިރީސް” ޕްރޮމޯޝަން ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު މި ޕްރޮމޯޝަންގެ ތެރޭގައި ސައިކަލުގެ އިންޓޯލްމެންޓް ޗާރޖް ވަނީ ވަރަށް ބޮޑަށް ތިރިކޮށްލާފައި ވާއިރު ކުރިން ޑައުން ޕޭމަންޓްގެ ގޮތުގައި ސައިކަލުގެ އަގުން 40 ޕަސެންޓް ދައްކައިގެން ނަގާ އިންސްޓޯލްމެންޓް ޗާރޖް މި ޕްރޮމޯޝަންގެ ތެރޭގައި ދައްކަން ޖެހޭނީ ޑައުންޕޭމަންޓްގެ ގޮތުގައި 10 ޕަސެންޓެއެވެ. އެހެން ކަމުން ސައިކަލެއް އިންސްޓޯލެމެންޓަށް ފައިސާ ދައްކާ ގޮތަށް ނަގާނަމަ 20000 ރުފިޔާ ސޭވް ވެގެން އެބަ ދެއެވެ.

ޝީޝާ ކުޅުދުއްފުށީ ޝޯ ރޫމްއިން ވެސް މި ޕްރޮމޯޝަންގެ ތެރެއިން ސައިކަލް ނެގޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355