މިހާރު ރާއްޖޭގެ ސަރަހައްދަށް ކުރަމުންދާ ވިއްސާރަ އިތުރަށް ގޯސްވަމުންދާތީ އުރީދޫ ކަލަރ ރަން ފަސްކޮށްފި އެވެ.
އުރީދޫ ކަލަރ ރަންގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ދުވުމަށްޓަކައި ހުޅުމާލެއަށް ދަތުރު ކުރަން ޖެހޭތީ ނުރައްކާތެރި ހާލަތެއް ދިވާވުމުގެ ފުރުސަތު ވީހާވެސް ކުޑަ ކުރުމަށްޓަކައި ދުވުން މިހާރު ވަނީ އެހެން ތާރީހަކަށް ބަދަލު ކުރެވިފައި ކަމަށާއި ކަލާރ ރަން ދެން ބާއްވާނެ ތާރީހެއް އަވަސް މުއްދަތެއްގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާތީއާއެކު މިއީ މިފަދަ ދުވުމެއް ބޭއްވުމަށް މުނާސަބުނޫން ވަގުތެއް ނޫން ކަމަށާއި އުރީދޫއިން މަސައްކަތް ކުރަމުންމިދަނީ ވީހާވެސް އަވަހަށް އަދި އިތުރަށް ކުލަގަދަކޮށް މި ދުވުން ގެނެސްދިނުމަށް ކަމަށެވެ.
ތޫފާން އޮކީގެ ސަބަބުން ވޭތުވެދިޔަ 2 ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ މޫސުން ގޯސްވެ ތޫފާންގެ އަސަރުކޮށްފައެވެ. ކުރިން ނެރެވުނު ރިޕޯޓްތަކުގައި މިއަދު މޫސުން ރަނގަޅުވާނެ ކަމަށް ދެއްކި ނަމަވެސް އިއްޔެ ހެނދުނުއްސުރެ ތޫފާން އޮކީގެ ބާރުގަދަވެފައިވާތީ ކުރިޔަށް ހުރި ދުވަސްތަކުގެ ތެރޭގައިވެސް މި ސަރަހައްދުގެ ކަނޑުތައް ގަދަވެ ވައިގަދަ ވާނެކަމަށް ފަހުގެ ރިޕޯޓްތަކުން ދައްކައެވެ.