ޖަލާލުއްދީން ސްކޫލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު ޓްރޭޑް ފެއަރ މާދަމާ ފެށުމަށް ހަމަޖެހިއްޖެ އެވެ.
މާދަމާއިން ފެށިގެން މިމަހު 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރޭޑް ފެއާރ ގައި ޖުމްލަ 17 ސްޓޯލް ހިމެނޭއިރު ސްކޫލް ހޯލް ވަނީ އެއް ވިޔަފާރީއަކުން އެއްކޮށް ހިފާފަ އެވެ.
އެގޮތުން މި ޓްރޭޑް ފެއާރ ގައި ޖުމްލަ 16 ވިޔަފާރީއަކުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ސަފާޔަރ، ޕެންޓަރގްރާމް، ވާއުފާ، ރަންނާޅި ފިހާރަ، ބުލްުބުލް، އަނިރު ހޯމްކެއާރ، ޓޫ ޒީރޯ، ޓިކްމާރކް، ސީ ކިއު ޕްލަސް، ގޯލްޑްވޭ، ފެހިދޫލަ، ފެޝަން އެންޑް ޑިޒައިން، ބެސްޓް ވެލިއު، އިޓްސް ޑެލިޝިއަސް، ޓޮޕް ހައުސް އަދި ލަސްޓަންޒަރ ރެސްޓޯރެންޓް ހިމެނެއެވެ.
މި ފެއަރ ހުޅުވިފައި ހުންނާނީ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:30 ށެވެ.
ޖަލާލުއްދީން ސްކޫލް ޕީޓީއޭއިން އިންތިޒާމްކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ ވިޔަފާރިވެރިންގެ މިފެއަރ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފެއަރ އެކެވެ. ގިނަ އަދަދެއްގެ މުދާ އެތަންނަކުން ހެޔޮ އަގުގައި ލިބެންހުންނަ މިފެއަރ އަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑްފެއަރ އެވެ.