twitterviber whatsapp telegramfacebookyoutube instagram
16th April 2024

އަގުހުރި އިނާމުތަކާއިއެކު “އުރީދޫ ވޯރލްޑް ޓުއަރ” ތައާރަފްކޮށްފި

Dec 19, 2017

ކޮންމެ 10 ދުވަހަކުން އައިފޯން 8 އަދި ކޮންމެ މަހަކު ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފި އެވެ.

“އުރީދޫ ވޯލްޑް ޓުއަރ” ގެ ނަމުގައި ފެށި މި ޕްރޮމޯޝަނަކީ މިއަދުން ފެށިގެން 18 މާރޗް 2018 ގެ މުއްދަތަށް ކުރިއަށްދާ ޕްރޮމޯޝަނެކެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ކޮންމެ 10 ދުވަހަކުން އަދި ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި އެޕަލް އައިފޯން 8 އަދި ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް ހިމެނެއެވެ.

އުރީދޫއިން މައުލޫމާތުދޭ ގޮތުގައި އެސްއެމްއެސް މެދުވެރިކޮށް ބައިވެރިވެވޭ މި ޕްރޮމޯޝަންގައި އާއްމު މައުލޫމާތު، ޓެކްނޮލޮޖީ، ދަތުރުފަތުރު އަދި ލައިފްސްޓައިލްއާގުޅޭ ސުވާލުތަކެއް ހިމެނޭނެކަމަށެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވެ އެސްއެމްއެސް މެދުވެރިކޮށް ރަގަޅު ޖަވާބު ދެއްވާ ކޮންމެ ފަހަރަކު 300 ޕޮއިންޓް ލިބިގެންދާއިރު ޖަވާބު ނުބައިވި ކަމުގައި ވިއަސް ޖަވާބު ދެއްވާ ކޮންމެ ސުވާލަކަށް 100 ޕޮއިންޓް ލިބޭނެ ކަމަށެވެ.

އަދި މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ 10 ދުވަހަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށް އެޕަލް އައިފޯން 8 އަދި ކޮންމެ މަހަކު ހޮވޭ އެންމެ ގިނަ ޕޮއިންޓް ލިބޭ ބައިވެރިއަކަށް ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް ލިބޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 555 އަށް ‘GO’ ޖައްސަވާފައި ފޮނުއްވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

އަދި “މި ޕްރޮމޯޝަނާއިބެހޭ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355