twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޔުނިޓީ ރަން ގެ ބިބް ވިއްކަން ފަށައިފި

Dec 23, 2017

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ޔުނިޓީ ރަންގެ ބިބް ވިއްކަން ފަށައިފި އެވެ.

ރެޑްކްރެސެންޓް ހދ ގޮފީގެ ކޯޑިނޭޓަރ އަހުމަދު އަބްދުﷲ ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ މި މަހު 19 ގައި ބިބް ނަންބަރު ވިއްކަން ފަށާފައިވާއިރު މިހާރު ގާތްގަނޑަކަށް 80 ނަންބަރު ވިކިފައިވާ ކަމަށެވެ.

އަހުމަދު ވިދާޅުވީ ޔުނިޓީ ރަން ފެށުމާއި ހަމައަށް ބިބް ނަންބަރު ވިއްކާނެ ކަމަށާއި މިހާރު ހުރި ނަންބަރުތަކުގެ ތެރެއިން ވަކި ނަންބަރެއް ބޭނުންނަމަ އެކަން ވެސް ހަމަޖެހޭނެ ކަމަށެވެ.

ދިރާގުން ސްޕޮންސަރކޮށްފައިވާ މިދުވުން ޑިސެމްބަރު 26 ވަނަ ދުވަހުގެ ހަވީރު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ދުވުމުގައި ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކަށްވެސް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މި ދުވުމަކީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބާއްވާ ދުވުމެއް ކަމަށް ރެޑް ކްރެސެންޓް ހދ ގޮފިން މައުލޫމާތު ދެއެވެ

ޔުނިޓީ ރަންގެ ބިބް ނަންބަރެއްގެ އަގަގީ 100 ރުފިޔާގެ އެވެ. ނަންބަރު ދޫކުރަމުން ދަނީ ޔޫސީމާރސް އިންނެވެ.

އިތުރު މައުލޫމާތު ސާފު ކުރައްވަން ބޭނުންވާ ފަރާތްތަކުން 7938817 ނަންބަރާ ގުޅުއްވުމަށް ރެޑް ކްރެސެންޓް ހދ ގޮފިން އެދެއެވެ.

މިދިޔަ އަހަރު ވެސް ވަނީ ރެޑްކްރެސެންޓް ހދ ގޮފިން ކުޅުދުއްފުށީގައި ޔުނިޓީ ރަން ބާއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355