twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހއ އަތޮޅުގައި ބޭސިކް ސައިން ލެންގުއޭޖް ތަމްރީން ޕްރޮގްރާމެއް ހިންގައިިފި

Dec 25, 2017

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ގެ ފަރާތުން ހއ އަތޮޅުގެ އާންމު ހިދުމަތްދޭ އިދާރާތަކަށް އަމާޒުކޮށްގެން ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންއް ޕްރޮގްރާމެއް ހިންގައިފިއެވެ.

ހއ.އަތޮޅުގެ 7 ރަށަކުން ޖުމްލަ 66 މީހުން ބައިވެރިވި މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ޑިސެންބަރު މަހު 16އިން 24 ށެވެ.

މި ޓްރޭނިންގ ނިންމުމުގެ ގޮތުން ހއ ދިއްދޫގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށާއި އެކި ދާއިރާތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީން ގަސްދުކުރާކަމަށެވެ.

ހއ. އަތޮޅު ކައުންސިލާއި ހއ ދިއްދޫ ރަށު ކައުންސިލްގެ އެހީތެރިކަމާ އެކު މިނިސްޓްރީން ހިންގި މި ޓްރޭނިންގައި، އިހަވަންދޫ، ކެލާ، ހޯރަފުށި، މުރައިދޫ، ބާރަށް، އުލިގަމު، އަދި ދިއްދޫއިން ބައިވެރިވެފައިވެއެވެ.

މީގެ ތެރޭގައި، އަތޮޅު އަދި ރަށު ކައުންސިލްގެ އިދާރާތަކާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓާއި، ހއ.އަތޮޅު ހޮސްޕިޓަލާއި، ހއ.ތައުލީމީ މަރުކަޒާއި، ޕޮލިސް ސްޓޭޝަނާއި، ފެނަކަ ރީޖަނަލް އޮފީސް އަދި ދިއްދޫ ބްރާންޗް، އަދި ބޭންކް އޮފް މޯލްޑިވްސް ހިމެނެއެވެ

މި ޓްރޭނިންގގެ މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކި ހިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދިނުމެވެ. އަދި ޖެންޑާއިން ވަނީ މި އަހަރުގެ ތެރޭގައި ބޭސިކް ސައިން ލެންގުއެޖް ޓްރޭނިންގގެ ހަތަރު ކޯހެއް ހިންގައި، ޖުމްލަ 180އަށް ވުރެ ގިނަ މީހުން ތަމްރީނުކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355