twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ތިންމީހަކަށް އަނިޔާ ވެއްޖެ

Dec 25, 2017

މިރޭ ކުޅުދުއްފުށީގައި ބައިސިކަލަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާ ވެއްޖެ އެވެ.

މިއަދު އިރު އޮއްސި 6:45 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ އަމީނީ މަގާއި މާލިހާ މަގު ގުޅުނު ހަތަރު އަނގޮޅީގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވީ ސައިކަލްގައި ތިބި ދެ އަންހެނުންނަށާއި ބައިސިކަލް ދުއްވަން އިން ފިރިހެނަކަށެވެ

މައުލޫމާތު ލިބޭގޮތުގައި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލް ދުއްވަން އިނީ 29 އަހަރުގެ އަންހެނެކެވެ. އަދި ބައިސްކަލު ދުއްވަން އިނީ 50 އަހަރުން މަތީ ފިރިހެނެކެވެ.

އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވާއިރު އެ ތިން މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިން ދަނީ ފަރުވާދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355