twitterviber whatsapp telegramfacebookyoutube instagram
18th February 2026

ކުޅުދުއްފުށީގެ ގިނަ ރުއްތަކެއް މަޑި ކައި ހަލާކުވަނީ

Dec 26, 2017

ކުޅުދުއްފުށީގައި ގިނަ ރުއްތަކެއްގައި މަޑި އަޅައި ގިނަ އަދަދެއްގެ ރުއްތަށް ހަލާކުވުމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ. މަޑި އެންމެ ފުރަތަމަ ކާލަނީ ރުއްކުގެ ބޮނތި ފަންތަކެވެ. އެއަށް ފަހު އެހެން ފަންތަށްވެސް ކަ އެވެ. މިކަމުގެ ސަބަބުން ގިނަ ރުއްތަކެއް ފެންނަމުންދަނީ ބޮނތި ހިކިފައި ހުއްޓަށެވެ.

މި މައްސަލަ ޖެހޭތާ މިހާރު ދެ މަހެއްހާ ދުވަސް ވެފައިވާ އިރު މިކަމަށް އަދިވެސް އެދެވޭ ހައްލެއް ވަނީ ނުލިބިފައި އެވެ.

މިކަމާ ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ކޭއޯ އަށް ވިދާޅުވިގޮތުގައި ރަށުގެ ހުރިހާ ހިސާބަކަށްވެސް މި މައްސަލަ ދިމާވެގެން ހުށައަޅާފައިވާ ކަމަށެވެ.

އެގޮތުން އެންވަރަމެންޓް މިނިސްޓްރީއަށް އެކަން ހައްލު ކޮށްދިނުމަށް އެދި ދަންނާވައިވާތާވެސް މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

ރުއްތަކުގައި މަޑި ކައިފަ، ކުރި ހިކިފައި–

އެނގިފައިވާ ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ ” ކޮކްނަޓް ހިސްޕައިން ބީޓަލް” ނަމަކަށް ކިޔާ ޝޫޕަކުންނެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީގެ ރުއްތަކުގައި މަޑި އަޅައި ކަމުގެ ޝަކުވާ ކައުންސިލުން އެމިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރ މެދުވެރިކޮށް ބޭސް މިހާރު ވާނީ ކުޅުދުއްފުށީ ކައުންސިލާ ހަވާލުކޮށްފަކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 500 ޕެކްޓް މެޓްރީޒިއަމް މިހާރު ކުޅުދުއްފުއްޓަށް ފޮނުވާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355