twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ކުޅި ހިއްކާ މައްސަލާގައި ބޭރުގެ ޖަމިއްޔާއަކުން ކަންބޮޑުވެ، ރައީސަށް ސިޓީއެއް !

Dec 26, 2017

ކުޅުދުއްފުށީ ކުޅީގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ކަމުގައިވާ މޭންގްރޫވް އެކްޝަން ޕްރޮޖެކްޓު (އެމްއޭޕީ)އިން ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމަށް ސިޓީއެއް ފޮނުވައިފިއެވެ.

19 ޑިސެމްބަރ 2017ގައި ފޮނުވާފައިވާ އެސިޓީގައި ބުނެފައިވާގޮތުގައި އެޖަމްއިއްޔާއަކީ 1992 އިންސުރެ ދުނިޔޭގެ ކުޅިތައް ހިމާޔަތްކުރުމާއި އިއާދަކުރުމަށްޓަކާ މަސައްކަތްކުރަމުން އަންނަ، 60 އެތައް ގައުމެއްގެ 350 ސައިންޓިސްޓުންނާއި 450 އެންޖީއޯގެ ވިއުގައެއް އޮންނަ ޖަމްއިއްޔާއެކެވެ.

އެމްއޭޕީއިން ފޮނުވި ސިޓީގައި ވަނީ ކުޅުދުއްފުށީ ކުޅީގެ ބޮޑު ބައަކާއެކު އައްސޭރިފަށުން 18 ހެކްޓަރު ހިއްކާ، އެތާގައި އެއަރޕޯޓެއް އެޅުމަށް ހިންގާ މަޝްރޫއަށް ހުއްދަ ދިނުމުގައި ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ ގަވާއިދުތަކަށް ތަބާވެފައި ނުވާކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި މިފަދަ ގޮތަކަށް މަޝްރޫއުން ތިމާވެއްޓަށާއި ކުޅިއާގުޅިފައިވާ މަސައްކަތްކުރާ ފަރާތްތަކަށް ކުރާނެ އަސަރުތަކަށް ބެލުމެއް ނެތި މަޝްރޫއު ކުރިއަށްގެންދިއުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ. އަދި މީގެ ސަބަބުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުޅުދުއްފުއްޓަށާއި މުޅި ދިވެހިރާއްޖެއަށް އިތުރުވެގެންދާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

ކުޅި ހިއްކުމަށް ބަޑުވޯލް ޖަހާފައި–

އެމްއޭޕީގެ އެގްޒެކެޓިވް ޑިރެކްޓަރާއި އިންޓަނޭޝަނަލް ޕްރޮގްރާމް އެންޑް ޕޮލިސީ ޑިރެކްޓަރ ސޮއިކޮށް ފޮނުވާފައިވާ ސިޓީ ނިންމާލަމުން ވަނީ އާންމުންގެ ހިޔާލު ހިމަނައިގެން ތިމާވެއްޓަށް ކުރާނެ އަސަރު އަލުން ދިރާސާކުރުމަށާއި، އެއާހަމައަށް ކުޅި ހަލާކުކުރުމާއި އެސަރަހައްދުގައި މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުން ހުއްޓާލުމަށް އެދިފައެވެ. އަދި މަސައްކަތްކުރެވޭނެ ތަފާތު އެހެން ގޮތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ފަންނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ކުޅިތަކާބެހޭ ދިރާސާކުރާ، ދުނިޔޭގައި ތިބި އެންމެ މޮޅެތި ސައިންޓިސްޓުންނާ ދިވެހި ސަރުކާރާ ގުޅޭނެ ގޮތް ހަދައިދިނުމަށް އެމްއޭޕީއިން ތައްޔާރަށް އޮތްކަމަށްވެސް ބުނެފައެވެ.

ކުޅުދުއްފުށި ކުޅިން ބައެއް ހިއްކާތީ ރާއްޖޭ 13 ޖަމިއްޔާއަކުންވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައި އެވެ. އެމްޓީސީސީގެ ކޮންބޯޓުން މިހާރުވެސް ވަނީ ކުޅުދުއްފުށީ ކުޅިއަށް ވެލިއަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355