twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފުނަދޫ އާއި މާފަރު އެއާޕޯޓުގެ އީއައިއޭ އާންމު ނުކުރާތީ ކަންބޮޑުވެއްޖެ!

Dec 26, 2017

ށ ފުނަދޫއާއި ނ މާފަރު އެއާޕޯޓު އެޅުމަށް ފަޅު ހިއްކުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުތައް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާނުލާ މަޝްރޫއަށް ހުއްދަ ދިނުމުން ސޭވް މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮއްފި އެވެ.

ސޭވް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ށ. ފުނަދޫ އެއަރޕޯޓު އެޅުމަށާއި ނ. މާފަރު އެއަރޕޯޓު އެޅުމަށް ހިންގާ ފަޅުހިއްކުމުގެ މަޝްރޫއުތަކަށް ހުއްދަ ހޯދުމަށްޓަކައި ހުށަހަޅާފައިވާ ތިމާވެއްޓަށް އަސަރުކުރާނެ ފެންވަރު ބަޔާންކުރާ 2 ރިޕޯޓު އެންވަޔަރަންމަންޓު ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ފާސްކޮށްދީފައި ވީކަމުގައިވީނަމަވެސް، މި މިރިޕޯޓުތައް ފާސްކޮށްދީފައިވަނީ ތިމާވެއްޓަށް އަސަރުކުރާނެ ފެންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދު 2012 ގައި ލާޒިމުކޮށްފައިވާ އާންމުންގެ ހިޔާލު ހޯދުމަކާ ނުލައި ކަމަށެވެ.

އަދި މިހާތަނަށްވެސް މިރިޕޯޓުތައް އަދި މިރިޕޯޓުތައް ފާސްކުރުމަށް ނެރެފައިވާ ތިމާވެށީގެ ގޮތުން ނިންމި ލިއުން އާންމުކޮށް ފެންނާނެހެން ޝާއިއުކޮށްފައި ނުވާ ކަމުގައި ސޭވްމޯލްޑިވްސްއިން ބުނެއެވެ.

އަދި މިކަމަކީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވެ، ރަށާއި ރަށުގެ ރައްޔިތުންނަށް ފަހުން ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ހެދިފައިވާ ގާނޫނާއި ގަވާާއިދުތައް މުގުރާލުން ކަމުގައި މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި މީގެއިތުރުން ހދ. ކުޅުދުއްފުށީގައި އެއަރޕޯޓުއެޅުމަށްޓަކައި މިރަށުގެ ކުޅިއާއި ފަޅުތެރޭގެ ސަރަހައްދު ހިއްކަމުންދަނީ މަޝްރޫއަށް ހުއްދަދީ، މިނިސްޓަރު ސޮއިކުރައްވާ އެންވަޔަރަންމެންޓު މިނިސްޓްރީއިން ނެރެފައިވާ ލިއުމުގައިވާ ޝަރުތުތަކާ ހިލާފަށްކަން ވެސް އެމީހުން ފާހަގަ ކޮއްފައިވެއެވެ. އަދި ޝަރުތުތަކާ ހިލާފުވުމުން އަޅަން ޖެހޭ ފިޔަވަޅުތައް އެންވަޔަރަންމެންޓު މިނިސްޓްރީއިންވެސް އަދި އީޕީއޭއިންވެސް އަޅާފައިނުވާކަމަށް ވެސް ބަޔާނުގައިވެއެވެ.

ސޭވް މޯލްޑިވްސްއިން އިތުރަށް ބުނެފައިވަނީ އެފިޔަވަޅުތައް އެޅުމަށް މިނިސްޓްރީއާއި އީޕީއޭގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ އީކޯކެއަރއިން ސިވިލްކޯޓަށް ހުށައަޅާފައިވާ މައްސަލަ ކޯޓު މަރުހަލާގެތެރޭގައި ލަސްވަމުން ދާއިރު ކުޅުދުއްފުށީ ކުޅިއަށާއި ފަޅުތެރޭގެ މާހައުލަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ވަމުން ދާކަމަށެވެ. އަދި މީގެ ސަބަބުން ކުޅުދުއްފުއްޓާއި އެރަށުގެ ރައްޔިތުންނަށް މޫސުމީ ބަދަލުތަކުން ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށްވެސް އެޖަމިއްޔާއިން ބަޔާން ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355