twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނިމްސް ކުންފުންޏަކީ ރާއްޖޭގައި ވިޔަފާރިކުރުމުގެ ގާނޫނީ ގާބިލުކަން އޮތް ބައެއް ނޫން: ނަޝީދު

Dec 26, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން ހަވާލުކުރި ނޫރުލް އިސްލާމް އިންޓަނޭޝަންގެ ބޮޑު ހިއްސާ އޮންނަށް އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓްއަކީ ކުންފުނި އުފެއްދުމުގެ ހުއްދަށް އޮތް ބައެއް ނޫންކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ހިންގަން ސަރުކާރުން ހަވާލުކޮށްފައިވަނީ މަޝްހޫރު ނިމްސް ހޮސްޕިޓާ ހިންގާ، އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓާއި ދިވެހި ބަޔަކާ ގުޅިގެން އުއްފަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަން (އެންއައިއައި) އެވެ.

ފައިސާގެ މައްސަލަތަކެއް ކުރިމަތިވެ، ދިވެހި ކުންފުންޏާ އާއި އިންޑިޔާގެ ކުންފުންޏާ ދެމެދު ފައިސާގެ މައްސަލަތަކެއް ކުރިމަތިވެ ހޮސްޕިޓާ ހިންގަން ދަތިތަކެއް ކުރިމަތިވުމުން މިމަހު ހެލްތް މިނިސްޓްރީން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަށް ދިނުމަށް ހަވާލުވެފައި އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ އަމިއްލަ ބުލޮގްގައި މިއަދު ލިޔުއްވާފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓާ ހިންގާ 80 އިންސަތަ ހިއްސާ އޮންނަ އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓަކީ އިންޑިޔާއިން ބޭރުގައި އިންވެސްޓްކޮށް، ވިޔަފާރިން ނަފާ ހޯދުމަށް އިންޑިޔާގެ ރިޒަވް ބޭންކް އޮފް އިންޑިޔާއިން ހޯދަން ޖެހޭ “އާރު.ބީ.އައި. އެޕްރޫވަލް” އޮތް ބައެއް ނޫން ކަމަށާއި އެ ޓްރަސްޓަކީ ނަފާ ހޯދުމަށް ނުވާގޮތަށް އިންޑިޔާގައި މަސައްކަތްކުރުމަށް ރަޖިސްޓްރީކޮށްފައިވާ “ޗެރިޓަބަލް ޓްރަސްޓް” ކަމަށެވެ.

އެހެން ކަމުން ނޫރުލް އިސްލާމް އެޑިކޭޝަން ޓްރަސްޓަކީ ރާއްޖޭގައި ކުންފުންޏެއް އުފައްދައި ހޮސްޕިޓަލެއް ހިންގާ، އާމްދަނީ އާއި ނަފާ ހޯދުމަކީ ހުއްދަކަމެއް ނޫން ކަމަށާއި އަދި އެއީ ކުރެވޭނެ ކަމެއްވެސް ނޫންކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާލާ މެދު ހުރި ކަންބޮޑުވުންތަށް ހިއްސާކުރައްވަމުން ނަޝީދު ލިޔުއްވާފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓާ ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަންކާ ކަމަށެވެ. އެ ކުންފުނީގައި ދެ ހިއްސާދާރުން ތިބޭއިރު ނޫރުލް އިސްލާމް އެޑިއުކޭޝަންއަކީ 80 އިންސަތަ ހިއްސާދާރެވެ. އަނެއް 20 ޕަސެންޓް ހިއްސާދާރަކީ އަލީ އުސެއިދެވެ.

މެމްބަރުން ނަޝީދު–

80 ޕަސެންޓް އޮތީ، “ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓް” ކިޔާ އިންޑިޔާގައި ރަޖިސްޓްރީކޮށްފައިވާ ޓްރަސްޓަކަށެވެ. އެއީ، ކިޔަވައިދޭ ތަފާތު މަރުކަޒުތައް ހިންގުމަށް މީގެ އަހަރުތަކެއް ކުރިން އުފައްދާފައިވާ ޓްރަސްޓެކެވެ. ނޫރުލް އިސްލާމް މެޑިކަލް ސައިންސްގެ ނަމުގައި ކިޔަވައިދޭ ކޮލެޖެއް ހިންގަނީ، އެ ޓްރަސްޓުންނެވެ. ނިމްސް މެޑިސިޓީގެ ނަމުގައި ހިންގާ ހޮސްޕިޓަލަކީ، އެ ޓްރަސްޓްގެ ބައެއްކަމަށް ބުނެއެވެ.

“މާނައަކީ، މިހާތަނަށް ދިވެހި ސަރުކާރާއެކު މަޝްވަރާކޮށް، ހުށަހެޅުން ހުށަހަޅައި، ކުންފުންޏެއް އުފައްދައި، އާމްދަނީއާއި ނަފާ ލިބޭގޮތަށް ދިވެހި ސަރުކާރުން ހޮސްޕިޓަލެއް ހިންގަން ޙަވާލުކުރި ކުންފުންޏަކީ، ނުވަތަ އެ ކުންފުނީގެ މައިގަނޑު ޙިއްސާދާރަކީ، ރާއްޖޭގައި ވިޔަފާރިކުރުމުގެ ޤާނޫނީ ޤަބިލުކަން އޮތްބައެއް ނޫނެވެ.” ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރު ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދު ލިޔުއްވާފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލު ހިންގަން ދިވެހި ސަރުކާރުން ޙަވާލުކުރީ، ނިމްސް ހޮސްޕިޓަލްގައި ހުރި އިލްމީ ޤާބިލުކަމާއި، ހުނަރާއި ތަޖުރިބާއާއި، މާލީ ކުޅެދުންތެރިކަން ދިވެހި ސަރުކާރުން ބަލައިގަނެ ޤަބޫލުކޮށްގެން ކަމަށެވެ. ވީއިރު، މި ޕްރޮޖެކްޓަށް ތިޔަ ކުންފުނިން ހަދަންޖެހޭ “ޑިޔު ޑިލިޖެންސް” ނުހެދި، އަސާސީ ފެންވަރުގައި ބަލަންޖެހޭ ބެލުންތައް ނުބެލި، ހޯދަންޖެހޭ ހުއްދަތައް ނުހޯދި، މިވަރު ބޮޑު އެއްބަސްވުމެއްގެ ތެރެއަށް ވަނީ، ކިހިނެއްތޯ ތިޔަ ކުންފުނިން ބައްލަވަންވާނެކަމަށް ގަބޫލުކުރައްވާކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.

“ކޮންމެއަކަސް، މިކަންކަން އެނގުމުން، ހުއްދަނެތް ބަޔަކާއެކު ކުރިއަށްދެވޭނެ ގޮތެއް ނޯންނާނެ.” ނަޝީދު ލިޔުއްވާފައިވެ އެވެ.

މިކަންކަން މިހެން ދިމާވުމުން، އެންމެ ރަނގަޅުގޮތަކަށްވާނީ، މި އެއްބަސްވުން ވީހާވެސް އަވަހަކަށް ރޫޅައިލާ އުފެއްދި ގުޅުން ނިއުޅާލުން ކަމަށާޢި. އަދި، އިހުހުރިގޮތަށް ހޮސްޕިޓަލް ދިވެހި ސަރުކާރަށް ރުޖޫއަކޮށްދިން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355