twitterviber whatsapp telegramfacebookyoutube instagram
15th August 2026

179 ދުވުންތެރިންނާއެކު ޔުނިޓީ ރަން ބާއްވައިފި

Dec 26, 2017

އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ހދ ރެޑްކުރެސެންޓް ފަރާތުން ބާއްވާ “ޔުނިޓީ ރަން” މިއަދު ކުޅުދުއްފުށީގައި ބާއްވައިފި އެވެ.

މިއަދު ހަވީރު 2 ކިލޯ މީޓަރަށް ބޭއްވި މިދުވުމުގައި 179 ދުވުންތެރިން ބައިވެރިވެފައިވެ އެވެ. 100ރ އަށް ބިބް ވިއްކައިގެން ބޭއްވި މިދުވުމުގައި 17900ރ ލިބިފައިވެ އެވެ.

މިފައިސާ ހަރަދުކުރަން ހަމަޖެހިފައިވަނީ ކުއްލި ހާލަތުގައި ދިމާކަންކަމަށް ހަރަދުކުރުމަށެވެ.

މިއަދު ބޭއްވި ޔުނިޓީ ރަންގެ ތެެރެއިން– ފޮޓޯ: ސްނެޕްސް

ޔުނިޓީ ރަންގެ ވަނަތަކަށް ދިޔަ ފަރާތްތަށް ފާހަގަކޮށް އެފަރާތްތަކަށް ވަނީ ޓްރޮފީ ހަވާލުކޮށްފަ އެވެ. އެގޮތުން 7.38 މިނިޓުން ނިންމައިގެން ފިރިހެން އެއްވަނަ ހޯދީ ހުސެއިން މުހައްމަދެވެ. އަންހެން ބައިން އެއްވަނަ ހޯދީ ރިފާ މުހައްމަދެވެ. ރިފާ ރޭސް ނިންމާފައިވަނީ 9.38 މިނެޓުންނެވެ.

ދިރާގުން ސްޕޮންސަރކޮށްފައިވާ މިދުވުމުގައި އެންމެ ފުރަތަމަ ރޭސް ނިންމި ފިރިހެން 10 ދުވުންތެރިންނާއި އަންހެން ދުވުންތެރިނަން ވަނީ މެޑަލް ހަވާލުކޮށްފައި އެވެ.

މިއަދު ބޭއްވި ޔުނިޓީ ރަންގެ ތެެރެއިން– ފޮޓޯ: ސްނެޕްސް

ހާއްސަ ވަނަތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ ދިރާގު ކުޅުދުއްފުށީ މެނޭޖަރު މުހައްމަދު ހަސަން އެވެ. އެހެން މަގާމުތަކަށް މެޑަލް ހަވާލުކޮށްދެއްވީ މޯލްޑިވްސް ރެޑްކުރެސެންޓްގެ މެނޭޖަރ އޮފް އޮފީސް އެންޑް ގަވަރނަންސް އެފެއާޒް ފާތުމަތު ހިމްޔާ އާއި ހދ ރެޑްކުރެސެންޓްގެ ޗެއަރޕާސަން އަހުމަދު އަބުދުލްރަހީމެވެ.

އަންނަ އަހަރުވެސް މިދުވަހު ޔުނިޓީ ރަން ބާއްވާނެކަން ވަނީ އިއުލާންކޮށް ސްޕޮންސަރ އަށް ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355