twitterviber whatsapp telegramfacebookyoutube instagram
15th August 2026

އައިޓީއެފްސީ އާއި އެސްޓީއޯއާއި ދެމެދު ފައިނޭންސް އެގްރީމެންޓެއްގައި ސޮއިކޮށްފި

Dec 28, 2017

އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕޮރޭޝަނާއި (އައިޓީއެފްސީ) އެސްޓީއޯއާއި ދެމެދު ފައިނޭންސް އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.

މިއަދު ސޮއިކޮށްފައި މިވަނީ 100 މިލިއަން ޔޫއެސް ޑޮލަރުގެ މުރާބަހާ ފައިނޭންސް އެއްބަސްވުމެއްގައި އެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އިމްޕޯރޓް ކުރާ ތެލުގެ ބާވަތްތަކަށް އެއްއަހަރު ދުވަހުގެ މުއްދަތައް އައިޓީއެފްސީ އިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވެެއެވެ.

އައިޓީއެފްސީގެ މައިގަނޑު މަގުސަދަކީ އޯ.އައި.ސީ މެމްބަރ ގައުމު ތަކުގެ ދެމެދުގައި އޮންނަ ވިޔަފާރި ގުޅުން ރަގަޅުކޮށް، އެގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދިނުމެވެ.

އޯއައިސީ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަކީ ވެސް މެދުކެނޑުުމެއްނެތި އައިޓީއެފްސީގެ ފަންނީ އަދި މާލީ އެހީތެރިކަން ލިބެމުންދާ ގައުމެކެވެ. އެގޮތުން އައިޓީއެފްސީ ގެ މަސައްކަތް ފަށައިގެން މިހާތަނަށް އައިއިރު މީގެ ކުރިންވެސް އެސްޓީއޯއަށް އެ ކޯޕަރޭޝަނުން މިފަދަ ފެސިލިޓީސް މެދުވެރިކޮށް ފައިނޭންސް ހަމަޖައްސަވައި ދެއްވާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355