twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ތިން އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ

Dec 28, 2017

ކުޅުދުއްފުށީގައި މިއަދު ތިން އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ވަކިވަކިން ހިނގި ތިން އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް އެއްވެސް މީހަކަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް ބައެއް ވެހިކަލްތަކަށް ވަނީ ގެއްލުންވެފައި އެވެ.

މިއަދު ކުޅުދުއްފުށީގައި ހިނގި ފުރަތަމަ އެކްސިޑެންޓްގައި ޖެހިފައިވަނީ ޓެކްސީއަކާއި ސައިކަލެކެވެ. އުތުރު ބަނދަރު ސަރަހައްދު، މަސްޖިދުލް ފިރުދައުސް ކައިރީގައި ހިނގި މިއެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހައަށް ވަނީ އަނިޔާވެފަ އެވެ.

މިއަދު ތެޔޮ ބައުޒަރެއް ބަނދަރުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އަރިވެފައި–

މިއަދު ހިނގި ދެވަނަ އެކްސިޑެންޓްވެސް ހިނގާފައިވަނީ އުތުރު ބަނދަރު ސަރަހައްދުގައި، މެންދުރު 12 ޖަހާއެހާއިރު ހިނގި އެ އެކްސިޑެންޓްގައި ހިނގާފައިވަނީ ތެޔޮ ބައުޒަރެއް ހޮޅިދަނޑިއެއްގަ ޖެހި އެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު ހޮޅިދަނޑި ވަނީ އަރިވެފައި އެވެ.

ތިން ވަނައަށް އެކްސިޑެންޓަކަށް ހިނގާފައިވަނީ ދެ ސައިކަލު ޖެހި އެވެ. ހަވީރު 3 ޖަހާއެހާއިރު އަމީނީމަގު، އަތޮޅު ކައުންސިލް އިދާރާ ކައިރީގައި ހިނގި މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި މީހުންނަށް ވަނީ އަނިޔާވެފައި އެވެ. ނަމަވެސް ސީރިއަސް އަނިޔާއެއްވެފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އަތޮޅު ކައުންސިލް އިދާރާ ކައިރީގައި 2 ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގެ ތެރެއިން–

ފުލުހުންނަށް ގުޅައިގެން އެކްސިޑެންޓްތަކުގެ ތަފްސީލް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ. އަދި މި އެކްސިޑެންޓްތަކުގެ މައުލޫމާތު ހޮސްޕިޓަލުންވެސް ހިއްސާކޮށްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355