twitterviber whatsapp telegramfacebookyoutube instagram
24th April 2024

މިދިޔަ އަހަރަކީ އެތައް ހާސް ވަޒީފާއެއް އުފެއްދުނު އަހަރެއް: ރައީސް

Jan 1, 2018

މިދިޔަ އަހަރަކީ ވަޒީފާގެ ފުރުސަތު އިތުރުކުރެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް އެތައް ހާސް ވަޒީފާއެއް އިތުރުވެގެންދިޔަ އަހަރެއްކަމަށާއި ހަމައެހެންމެ، ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރުމަށް ޒުވާނުންނަށް އެތައް ފަހި ފުރުސަތުތަކެއްވެސް ހޯއްދަވައިދެއްވުނު އަހަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުއްވާ ރައީސް މިއަދު ދެއްވި ހިތާބުގައި ވިދާޅުވެފައިވަނީ ނިމިގެން މިދިޔަ 2017 ވަނަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކުރެއްވުނު އަހަރެއްކަމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެއްވުމަށްޓަކާ އެތައް މަޝްރޫއުތަކެއް ނިންމާ އަދި އެތައް މަޝްރޫއުތަކެއް ފެށުނު އަހަރެއް ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

” މި ވޭތުވެދިޔަ 4 އަހަރު ދުވަހަކީ، ޤައުމު ހިންގެވުމުގައި، ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާއި ދަތި އުނދަގޫތައް ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންނެވި 4 އަހަރުކަމަށާއި، އެހެންނަމަވެސް މިއަދު މިވަނީ ސާބިތުވެތިއްބަވައި އެ ގޮންޖެހުންތަކާ ކުރިމަތިލައްވައި، ކާމިޔާބީގެ އައްސޭރިއަށް ވާސިލުވުމަށް މަގުފަހިކޮށްދެއްވައި އެތައް ގޮތަކުން ޤައުމުގެ ކަންކަން ވަނީ ހަމަމަގަށް އެޅުވިފައި.” ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ޤައުމު ހިންގެވުމުގައި ވޭތުވެދިޔަ 4 އަހަރު ދުވަހު ކުރެއްވިފައިވާ ތަޖުރިބާގެ އަލީގައި އާ އަހަރަކާ ސަރުކާރުން މިކުރިމަތިލަނީ ފާއިތުވެދިޔަ 4 އަހަރުން ކުރެ ކޮންމެ އަހަރަކަށްވުރެ އެތައް ގުނައަކުން ކާމިޔާބީއާއި ކުރިއެރުން ޤައުމަށް ހޯއްދަވައި ދެއްވުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މި ސަރުކާރުގެ 5 އަހަރުގެ މެނިފެސްޓޯގެ ހުރިހާ ކަންތައްތަކެއް ފުރިހަމައަށް ނިންމެވުމުގެ މައްޗަށްކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355