އަހަވަންދޫ ބަންނަމުން ދިޔަ ފައިބާ ދޯންޏެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.
އެ ދޯނި އެއްކޮށް އަނދާފައިވާއިރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ އާންމުންނާއި ފުލުހުން ގުޅިގެންނެވެ. ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު ދޯނީގެ އޮނގަނޑު ވަނީ އެއްކޮށް އަނދާފައެވެ.
ލިފާން ރޯވި ދޯނިއޮތް ސަރަހައްދު، އާންމުންނަށް ނުވަދެވޭނެހެން ފުލުހުން މިހާރު ބަންދުކޮށްފައިވާއިރު އުލޫމާތު ލިބޭގޮތުގައި އަލިފާން ރޯވެފައިވާ ދޯޏަކީ ބަންނަން ފެށުމަށްފަހު މަސައްކަތް މެދުކަނޑާ ލާފައިވާތަ ދުވަސްތަކެއް ވެފައިވާ ދޯޏެކެވެ.
މި ދޯންޏަކީ އިހަވަންދޫ ދިލްކުސާގޭ އިސްމާއިލް ރަޝީދުގެ ދޯންޏެކެވެ. މީގެ ކުރިން އިހަވަންދޫގައި އަލިފާން ރޯވި ޓޫފޯޓޫގައި ބޯޓަކީވެސް އޭނާގެ ބޯޓެކެވެ.