twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގޭންގްތައް އިތުރުވަނީ ކީއްވެ؟

Jan 3, 2018

ގޭންގްތަކޭ ކިޔެނީ، މުޖުތަމައުގައި ކުށް ކުރުމުގައި ފާހަގަކުރެވޭ، ބާރުވެރި ގިނަ ބަޔަކު ހިމެނޭ ގުރޫޕުތަކަށެވެ. ގޭންގުތައް ގިނަ ފަހަރަށް އުފެދިފައި ހުންނަނީ، އާއިލާގެ ތެރޭން ނުވަތަ ރަހުމަތްތެރިންގެ ތެރެއިން ދިމާވާ ކުށް ކުރާ ބަޔަކާ ގުޅިގެންނެވެ.

މިފަދަ ގޭންގު ތަކާ ގުޅުމަށް، އެމީހެއްގެ ހުނަރު ދައްކަންޖެހޭ ފަހަރުވެސް އާދެއެވެ. މިސާލަކަށް އެ ގޭންގެއްގެ އިސް ފަރާތަކުން ދައްކާ ކުށެއް ކުރަންޖެހެއެވެ. މިކަން ނުވެއްޖެނަމަ އެއީ ފިނޑިމީހެއް ނުވަތަ ފަނި މީހަކަށްވެ ގޭންގަށް ނުވައްދާ ހާލަތްތައްވެސް ދިމާވެއެވެ. އަދި އެކަމެއް ކާމިޔާބުވެއްޖެ ނަމަ އިތުރު ކުށްތަކަށް އަރައިގަތުމަށް އޭނާ އަށް ހިއްވަރުދެއެވެ. ގޭންގުތަކާ ގުޅެން ތަފާތު ސަބަބުތައް ދިމާވެއެވެ.

ގޭންގްތަކާއި މީހުން ގުޅޭ ބައެއް ސަބަބުތައް:

އާއިލީ މައްސަލަތައް

ޒުވާން އުމުރަށް އަޅާލުމުން، އާއިލާގެ ތެރެއިން ލިބެންޖެހޭ އަޅައިލުން ނުލިބޭހެން ބައެއް ކުދިންނަށް އިހުސާސް ކުރެވެއެވެ. މިފަދަ ކުދިން އާއިލާއާ ދުރަށް ދިއުމަށް ނުވަތަ އާއިލާގެ ވަކި މީހަކާ ދުރަށް ދިއުމަށް މަސައްކަތް ކުރެއެވެ. އަދި އެކުދިން ގޭންގް ތަކުގެ ޝިކާރައަކަށް ވެގެންދެއެވެ. ގޭންގު ތަކުން އެކުދިންގެ ވިސްނުން ބަދަލުކުރުވަން މަސައްކަތް ކުރެއެވެ. ތިމާގެ އަތުގައި ލާރި ހުރިއްޔާ އާއިލާގެ ބޭނުމެއްނެތް ކަމަށްބުނެ ލާރި ހޯދާނެ ގޮތްތައް ކިޔައިދެމުން ދެއެވެ. ހުރިހާ ގޮތަކުންވެސް އެހީ ވާނެކަމަށް ބުނެ ވައުދުތައް ވަމުންދެއެވެ. ނަތީޖާއަކަށް ވަނީ ކުށުގެ ވެށީގައި ތިމާ ހައްޔަރުވުމެވެ. އަދި މަސްތުވާ ތަކެއްޗަށް ލޯހުޅުވުމެވެ.

ހިމާޔަތްކުރާނެ ފަރާތެއްނެއް ކަމަށް ހީވުން

ބޮޑެތި ކުށްތައް ހިނގާ މުޖުތަމައުތަކުގައި އުޅޭ ގިނަ ކުދިން ގޭންގުތަކާ ގުޅެނީ އިތުރު ގޮތެއް ނެތިގެންނެވެ. މިނޫން ގޮތްގޮތް ހުރިކަމުގައި ވީނަމަވެސް މާރާމާރީއެއްގެ ތެރެއިން ފުރާނަދިއުމަށްވުރެ ގޭންގަކާ ގުޅުން އެކުދިންނަށް މާ ބުއްދިވެރި ގޮތެއްކަމުގައި ވިސްނެއެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ހިމާޔަތް ހޯދަން ދާންޖެހޭ ވަކި ފަރާތްތަކެއް ހުރެއެވެ. އެފަރާތްތަކުން ހިމާޔަތް ހޯދުން ކުށަކަށް އަރައިގަތުމަށްވުރެ ރަނގަޅުވާނެއެވެ.

އިހްތިޔާރު ކުރެވޭ ރަހުމަތްތެރިން

ތިންވަނަ ސަބަބެއްކަމަށް ފާހަގަ ކުރެވެނީ ރަަހުމަތްތެރިންގެ ގޮތުގައި އިހްތިޔާރު ކުރެވޭ ނުރަނގަޅު މީހުންނެވެ. މިފަދަ މީހުންގެ ތެރެއިން ގޮސް ގޭންގުތަކާ ގުޅެވޭ ގޮތްވެއެވެ. ގިނަ ފަހަރަށް އެކީ އުޅޭ އެކުވެރިންގެ ފަރާތުން، ތިމާ މުޖުތަމައުއަށް ފިޓުނުވާކަމުގެ ޝަކުވާތައް އާދެއެވެ. މިއަށް ޕިއާރ ޕްރެޝާރއޭވެސް ކިޔެއެވެ. އަދި ތިމާ އަކީ ކޫލް މީހެއްކަމުގައި އެހެން ރަހުމަތްތެރިންނަށް ދެއްކުމަށްވެސް ގޭންގުތަކާ ގުޅެވެއެވެ.

ނޭޝަނަލް ޔޫތު ގޭންގް ސެންޓަރުން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން 2007 ވަނަ އަހަރު ޔުނައިޓެޑް ސްޓޭޓްސްގައި 785000 މީހުންނަކީ ގޭންގްތަކުގައި އުޅެފައިވާ މީހުންނެވެ. މިފަދަ ކުށްކުރާ މީހުން މި ދިވެހިރާއްޖޭގައިވެސް މިއަދު އިންތިހާއަށް ގިނަކަން ފާހަގަ ކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355