ކުރިއަށް އޮތް 40 އަހަރުގެ ތެރޭގައި ދުނިޔެއިން ޗޮކްލެޓް ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ޗޮކްލެޓް ހުސްވެދާނެ ކަމުގެ ބިރު އުފެދިފައިވަނީ ޗޮކްލެޓް އުފެއްދުމަށް ބޭނުންވާ ކޮކޯ ޕްލާންޓްތައް ހަލާކުވަމުން ދާތީއެވެ.
ކޮކޯ ގަހަކީ ޓްރޮޕިކަލް ގަހެއްކަމުން މި ގަސްތައް ހެއްދެނީ 20 ޑްގްރީގެ ހޫނުމިން ހުންނަ މަދުން ވާރޭ ވެހޭ ސަރަހައްދުތަކުގަ އެވެ. އެއީ އީކުއޭޓާގެ އުތުރު އަދި ދެކުނުގަ އެވެ.
އެހެންނަމަވެސް ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ހޫނުމިން 2.1 ސެލްސިއަށް އިތުރު ވާނެ ކަމަށް ބެލެވޭތީ ކޮކޯ ކަސްތައް ހެއްދުމުގައި ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އަދި ގަސްތައް ހަލާކުވެ ނެތިދިއުމަކީ ކައިރީގައި އޮތްކަމެއް ކަމަށް ސައިންސް ވެރިން ލަފާކުރެއެވެ.
އަދި މިކަމުގެ ސަބަބުން ވާރޭ ވެހުން އިތުރު ވާނެ ކަމަށާއި މިހެން ވުމުގެ ސަބަބުން ގަސްތައް ހެއްދުމަށް ބޭނުންވާ މަހައުލެއް ނުލިބޭނެ ކަމަށްވެސް ސައިންސް ވެރިން ވަނީ ލަފާކޮށްފަ އެވެ.
މިވަގުތު ހުރި ކޮކޯ ގަސްތައް ސަލާމަތުން ގާތްގަނޑަކަށް އެއްހާސް ފޫޓް މަތީގައި ފަރުބަދަ ހިސާބަށް ބަދަލު ކުރެވިއްޖެ ނަމަ 2050 ހަމައަށް ކޮކޯ ރައްކާ ކުރެވިދާނެ ކަމަށް ސައިންވެރިން ހެދި ދިރާސާއިން ދައްކައެވެ.