twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނިމްސްގެ ތުހުމަތުތައް ދޮގުކޮށް، އުސެއިދު ރައްދުދެއްވައިފި

Jan 3, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދެވޭ މައްސަލައިގައި، އެ ހޮސްޕިޓަލުގެ ވެރިންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ރައީސް އަބްދުﷲ ޔާމީނަށް ޝަކުވާ ހުށަހަޅާފައިވާކަމަށް ދުވަހު ނޫސް މިހާރުގައި ޝާއިރުކޮށްފައިވާ ޙަބަރާ ގުޅިގެން، އެ ތުހުމަތުތައް ދޮގުކޮށް ރައްދުދެއްވައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ހިންގަން ސަރުކާރުން ހަވާލުކޮށްފައިވަނީ މަޝްހޫރު ނިމްސް ހޮސްޕިޓާ ހިންގާ، އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓާއި ދިވެހި ބަޔަކާ ގުޅިގެން އުއްފަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަން (އެންއައިއައި) އެވެ.

އެންއައިއައިގެ ޑެޕިއުޓީ ޑިރެކްޓަރު އަލީ އުސެއިދު–

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުދާތީ، މިދިޔަ މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެފަ އެވެ. ހިއްސާދާރުންގެ މެދުގައި ހިޔާލު ތަފާތުވެ، އެއް ބަޔަކު އަނެއް ބަޔަކަށް އަންނަނީ ހިޔާނާތުގެ ތުހުމަތުކުރަމުންނެވެ.

މިހާރު ނޫހުގައި މިއަދު ޝާއިރުކޮށްފައިވާ ޙަބަރުގައި ބުނެފައިވަނީ މި މައްސަލައިގައި ޝަކުވާ ބޮޑުވެފައި ވަނިކޮށް، ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން ވަނީ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ލަސްވާން ދިމާވި މައްސަލައިގެ “ހަގީގަތް” ހާމަކުރުމަށް ކަމަށް ބުނެ ރައީސް ޔާމީނަށް 14 ސޮފްހާގެ ސިޓީއެއް ފޮނުއްވައިފިކަމަށެވެ. އެ ސިޓީގައި، ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގައި އެ ކުންފުންޏަށް ދިމާވެފައިވާ ބޮޑެތި ދަތިތަކުގެ ތަފްސީލް ވެސް ރައީސް ޔާމީނާ ހިއްސާ ކުރައްވާފައިވާއިވާކަމަށް އެނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.

އާސަންދަ ބިލުތަކެއް ވަނީ އޮޅުވާލާފަ، މައްސަލަ ޖެހުނީ ހިޔާނާތާ ދެކޮޅުހެދުމުން: އުސެއިދު

ނިމްސް އަށް ކުރިމަތިވި ވަކިވަކި މައްސަލަތަކުގެ ތަފްސީލުު ސިޓީގައި ހިމަނާފައިވާ އިރު، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ތިއްބެވި ދިވެހިންނާ މެދު ފައިސާގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެ މައްސަލަތަކުގައި ފިޔަވަޅު އަޅައިދޭންވެސް ރައީސްއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. އެގޮތުން ރާއްޖޭގައި އެކުންފުނީގެ ބޭންކް އެކައުންޓް ހުޅުވުން ލަސްވުމާއި އެކަމާ ހެދި ފައިސާ ފޮނުވަން ޖެހެނީ ޑައިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންގެ އެކައުންޓްތަކަށް ކަމަށާއި އެގޮތުން ވޭތުވެދިޔަ 6 މަސް ތެރޭގައި އެކި ފަހަރު މަތިން 130،000 ޑޮލަރު ފޮނުވާކަމަށެވެ. އެ އެކައުންޓްތަކަށް ފޮނުވާފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ވެސް އެސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

ނިމްސްގެ އެ ތުހުމަތުތައް ދިވެހި ޑައިރެކްޓަރުން ވަނީ ދޮގުކޮށްފަ އެވެ. އެކަމަށް ރައްދުދެއްވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑެޕިއުޓީ ޑައިރެކްޓަރު އަލީ އުސެއިދު ކޭއޯއަށް ވިދާޅުވީ ޓައިމްލައިނާ އެއްގޮތަށް މަސައްކަތައް ނުކުރެވުމުން ފައިޒަލް ޙާން ބޭނުންވީ ދިވެހިން މުވައްޒަފުންގެ ފަރުވާކުޑަކަމުންނާއި ނާބާލް ކަމުންކަމަށް ދައްކައި ޒިންމާއިން ރެކެންކަމަށެވެ. އަދި ހޮސްޕިޓަލަށް އެއްވެސް ހަރަދެއް ނުކޮށް އޭނާ ބޭނުންވީ އާސަންދަ ފައިސާ އާއި އެހެނިހެން ގޮތްގޮތުން ހޮސްޕިޓަލަށް ލިބޭ އާންމުދަނީން އެކަނި އެތަން ތަރައްގީކުރުމަށް ކަމަށް އުސެއިދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ މިހާލަތަށް ވެއްޓުނީ ފައިޒަލް ޙާންގެ ސަބަބުން: އުސެއިދު

130،000 ޑޮލަރުން ދިވެހި ޑައިރެކްޓަރުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް ބުނެފައިވާ ވާހަކައަށް ރައްދުދީ އުސެއިދު ވިދާޅުވީ ދިވެހި ޑައިރެކްޓަރުންގެ އެކައުންޓަކަށް ނިމްސް އިން އެއްވެސް ފައިސާއެއް ފޮނުވާފައިވާނުވާ ކަމަށެވެ.

1،30000″ ޑޮލަރު މިކޮޅުގައި ތިބި . އެއްވެސް ޑައިރެކްޓަރެއްގެ ބޭންކް އެކައުންޓަރު ފައިސާ ފޮނުވާފަ ހުރިއްޔާ އެކަން ވަރަށް ފަސޭހައިން ސާބިތުކޮށްދެވޭނެ.އަޅުގަނޑުމެންގެ އަމިއްލަ އެކައުންޓަކަށް ފައިސާ ފޮނުވާކަށް ނިމްސްއަށް އެދިފައެއްވެސް ނޯނާނެ އަދި ފޮނުވާފައެއް ނުވާނެ.” އުސެއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކައުންޓަށް ފައިސާ ފޮނުވާފައިވާނަމަ ވަރަށް ފަސޭހައިން އެކަން ބޭލޭނެ ގޮތްތައް އެބަހުރިކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

” ތިބޭފުޅުންވެސް އެދެފިނަމަ އަޅުގަނޑުގެ ބޭންކުން އެކައުންޓްގެ ސްޓޭޓްމަންޓްވެސް ފޮނުވަދާނަން، އެންމެ ލާރިއެއްވެސް ނޯނާނެ ނިމްސް ފޮނުވާފައެއް. އަދި އެއްވެސް ޑިރެކްޓަރެއްގެ އެކައުންޓަށްވެސް ނޯނާނެ ފޮނުވާފައެއް. “

ނިމްސް އިން ބޭންކު އެކައުންޓް ހުޅުވަން ލަސްވި ސަބަބާ ގުޅިގެން އުސެއިދު ވިދާޅުވީ އެކައުންޓް ހުޅުވުން ލަސްވިކަމަށާއި އެގޮތުން އެކައުންޓް ހުޅުވުނީ 2 މަސްވީ ފަހުން ކަމަށެވެ. އެކައުންޓް ހުޅުވުނަސް އަދިވެސް އެ އެކައުންޓް އިންނާ އިންއެކްޓިވްކޮށް ކަމަށާއި އެހެން ދިމާވީ ނިމްސް ފޮނުވަން ޖެހޭ ބައެއް ޑޮކިއުންމެންޓް ނުލިބިގެން ކަމަށް އުސެއިދު ވިދާޅުވި އެވެ.

ނިމްސް ކުންފުންޏަކީ ރާއްޖޭގައި ވިޔަފާރިކުރުމުގެ ގާނޫނީ ގާބިލުކަން އޮތް ބައެއް ނޫން: ނަޝީދު

“މީގައި އެބަހުރި އަޅުގަނޑު މީޑިއާ އަށް ހާމަކުރަން ބޭނުންނުވާ މައުލޫމާތުތަކެއް. މީގަ އެބަހުރި އަޅުގަނޑާއި ފައިޒަލް ޙާން ދެމެދު ހިނގާފައިހުރި ވަރަށް ބޮޑެތި ކަންތައްތަކެއް. އެކަންތައްތައް މިހާރު ހުންނާނީ ކަމާ ގުޅުން ހުރި މުވައްސަސާތަކަށް ހުށަހަޅާފަ.” އުސެއިދު ވިދާޅުވި އެވެ.

އުސެއިދު ވިދާޅުވީ ކަސްޓަމްސް ހުރި ބައެއް މެޝިނަރީ ނުގެނެވިފައި ހުރީ ފައިޒަލް ޙާން ފައިސާ ނުފޮނުވައިގެން ކަމަށާއި އެކަންތައްތައް ދުރާލާ އަންގާފައިވާނެ ކަމަށް އުސެއިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލަތައް ތަހްގީގުކޮށް ހިޔާނާތްވެފައިވާ ބައެއް ބަލައި ފިޔަވަޅު އެޅުމަށް ނިމްސް އަށް ވުރެ ބޮޑަށް ބޭނުންވާކަމަށް އޭނާ ވިދާޅުވި އެވެ.

އެއްބަސްވުން ރޫޅާލައި ކުޅުދުއްފުށީ ހޮސްޕިޓާ ސަރުކާރަށް ރުޖޫއަކޮށްދިނުމަށް ނަޝީދު ގޮވާލައްވައިފި

“އަޅުގަނޑުމެންގެ ޑަރެކްޓަރުންގެ އެކައުންޓްތަކަށް ފޮނުވި ފައިސާއަށްވީ ގޮތުގައި ތަހުގީގެއް ފަށަން . އެބޭފުޅުންނަށް ވުރެ ބޮޑަށް އަޅުގަނޑު ބޭނުންވޭ އެ ތަހްގީގުކުރަން.” އުސެއިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355