ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދަށް ބޭނުންވާ ވެލި ނަގައި ނިންމާލައިފި އެވެ.
އެއާޕޯޓް ހެދުމަށް ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ. އެއީ ކުޅިން 9 ހެކްޓަރު ބިމާއި މޫދުން 6 ހެކްޓަރުގެ ބިން ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
އެމްޓީސީސީގެ އޮފިޝަލަކު ކޭއޯއަށް މިއަދު ވިދާޅުވީ އެއާޕޯޓް އަޅަން ހިއްކަން ޖެހޭ ސަރަހައްދަށް ބޭނުންވާ ވެލި ނަގައި ޖަމާކޮށް، މަހާ ޖައްރާފުގެ މަސައްކަތަށް މިދިޔަ މަހު 25 ގައި ނިންމާލާފައިވާ ކަމަށެވެ.
” އަޅުގަނޑުމެންނަށް ފުރަތަމަ ހިއްކަން ހަވާލުކުރި ސަރަހައްދަށް ބޭނުންވާ ވެލި މިހާރު ވަނީ ޖަމާކޮށް ނިމިފަ ” އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެލި ފެތުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ފުއްޓަރު ފަރާތުން ވެލި އަޅަން ޖެހޭ ތަންކޮޅެއް އަދި އިން އިރު އެތަނަށް ބޭނުންވާ ވެލިވެސް މިހާރު ޖަމާކޮށް ނިމިފައިވާ ކަމަށާއި އެ ސަރަހައްދަށް ވެލި އަޅަނީ ބޮޑު ހިލަ ޖެހުމަށް ފަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓް އަޅައި ސަރަހައްދުގެ 38 އިންސަތަ ބިން ހިއްކައިފިން: އެމްޓީސީސީ
އޭނާ ވިދާޅުވީ އަދިވެސް އިތުރަށް ވެލި ބޭނުންވާތީ އެކަމާ ސަރުކާރުން އެކުންފުންނާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. މޫދުން ހިއްކާފައިވާ ބައެއް ސަރަހައްދުތަކުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.