twitterviber whatsapp telegramfacebookyoutube instagram
25th July 2025

އުރީދޫ ގެ ޗީފް ފައިނޭންޝަލް އޮފިސަރ އަދި ބޯޑް ޑައިރެކްޓަރަކަށް ޕޫބަލަސިންހަމް އައްޔަންކޮށްފި

Jan 5, 2018

އުރީދޫ މޯލްޑިވްސް ޕީއެލްސީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ)ގެ މަގާމަށް އަދި ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ ގެ ފަރާތުން އައްޔަން ކުރައްވާފައިވާ ބޯޑު ޑައިރެކްޓަރުގެ މަގާމަށް މިސްޓަރ ތަވަބަލަން ޕޫބަލަސިންހަމް އައްޔަނުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ އަދި އެކްޒެކެޓިވް ޑައިރެކްޓަރުގެ މަގާމަށް ތަވަބާލަން ޕޫބަލަސިންހަމް އައްޔަނުކޮށްފައިވަނީ ކުރީގެ ސީއެފްއޯ ރަމަނަތަން ސިވަކުމާރް އެމަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ކުރީގެ ސީއެފްއޯ އަދި އެކްޒެކެޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވިއިރު ރަމަނަތަން ސިވަކުމާރް ވަނީ ކުންފުނީގެ ކާމިޔާބީތަކާއި ކުރިއެރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މެލޭޝިޔާގެ ރައްޔިތެއްކަމުގައިވާ ތަވަބަލަން ޕޫބަލަސިންހަމްއަށް މުވާސަލާތީ ދާއިރާގައި 17 އަހަރުގެ ތަޖުރިބާ ލިބިފައިވާއިރު، އުރީދޫ މޯލްޑިވްސް އާއި ގުޅިވަޑައިގަތުމުގެ ކުރިން އެބޭފުޅާ މަސައްކަތް ކޮށްފައި ވަނީ އުރީދޫ މިޔަންމަރގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައެވެ. ތަވަބާލަން ޕޫބަލަސިންހަމް އަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ) ގެ މެންބަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355