twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދަތިތައް ގިރާކޮށް، ރަސްމީ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވުމުގެ މަސައްކަތް ދަނީ ކުރިއަށް: އެންއައިއައި

Jan 6, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގުމުގައި ދަތިތަކެއް ދިމާވިޔަސް އެކަންތައްތައް ގިރާކޮށް އަލުން އެ ހޮސްޕިޓާ ތަރައްގީކުރާނެ ކަމަށް ނޫރުލް އިސްލާމް އިންޓަނޭޝަނަލްއިން ބުނެފި އެވެ.

ނޫރުލް އިސްލާމް އިންޓަނޭޝަނަލް ކުންފުންޏާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ސަރުކާރުން ހަވާލުކުރީ ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް އެތަން ތަރައްގީކޮށް ހިންގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުދާތީ މިދިޔަ މަހު ހެލްތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން އެތަން ހިންގުމާ ހަވާލުވެފަ އެވެ.

އެންއައިއައި އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވަނީ އެއްބަސްވުމާ އެއްގޮތަށް ކަނޑައެޅިފައިވާ އަމާޒުތަކަށް ނިމްސް އިން ބޭނުންވި އެންމެ ބާރު މިނުގައި ވާސިލުވުމަށް ބައެއް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއިި އެގޮތުން ކުންފުނީގެ ހިއްސާދާރުގެން މެދުގައި އޮންނަ ގުޅުން ހީނަރުވެ، އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުޅުދުއްފުށީ ހޮސްޕިޓަލު ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

އަދި އެކުންފުނިން މަސައްކަތް ކުރަމުންދަނީ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދީފައިވާ އިތުބާރާއި ޔަގީންކަމާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރަމުން ކަމަށާއި އެގޮތުން ވޭތުވެ ދިޔަ 6 މަސް ތެރޭގައި އެ ހޮސްޕިޓާ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނޭކަމަށް އެންއައިއައި އިން ބުންޏެވެ.

އެންއައިއައިގެ މެނޭޖިންގ ޑައިރެކްޓަރ ފައިޒަލް ޙާން ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތައް ފުޅާކުރުމަށް އެއްބަސްވުމާ އެއްގޮތަށް ގެންނަޖެހޭ ބައެއް މެޝިނަރީސްތަކުގެ ތެރޭގައި ހިމެނޭ ސީޓީ މެޝިނާއި އިކޯ ސައުންޑް މެޝިން މިހާރު ވަނީ ރާއްޖެ ގެނެވިފައިވާ ކަމަށާއި އެމްއާރުއައި މެޝިނާއި އެހެން މެޝިނަރީސްތައްވެސް އަވަސް މުސްތަގުބަލެއްގައި ރާއްޖެ ގެނެވޭނެކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް އެކި ދާއިރާތަކުން 20 ސްޕެޝަލިސްޓް ޑޮކްޓަރުން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް އެންއައިއައި އިން ބުންޏެވެ.

އެހެންނަމަވެސް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ސަރުކާރުގެ ކަމާ ގުޅުން ހުރި ވުޒާރާތަކުގެ އެހީތެރިކަމާއެކު ހައްލުކޮށް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355