twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ނިމްސް އިން ހިޔާނާތް ހިންގަން އުޅުނުކަމުގެ ހެކި އެބަހުރި: އުސެއިދު

Jan 6, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ތަރައްގީކުރުމަށް ސަރުކާރުން ހަވާލުކުރި ނޫރުލް އިސްލާމް އިންޓަނޭޝަނަލް(އެންއައިއައި) ކުންފުނީގެ 80 އިންސަތަ ހިއްސާ އޮންނަށް އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓް (ނިމްސް)އިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހިންގަން އުޅުނު ކަމަށް ބުނާ ހިޔާނާތުގެ ފުރިހަމަ ހެކި އެބަހުރި ކަމަށް އެންއައިއައިގެ އެއް ހިއްސާދާރު އަދި އެކުންފުނީގެ ޑެޕިއުޓީ ޑައިރެކްޓަރު އަލީ އުސެއިދު ވިދާޅުވެއްޖެ އެވެ.

މައްސަލަތައް ދިމާވީ ހިޔާނާތުގެ ކަންތައްތަކެއް ނިމްސް ފަރާތުން ފެނި އެކަމަށް ދެކޮޅު ހެދުމުން ކަމަށާއި އެކަމުގެ ހެއްކާއި ގަރީނާވެސް އެބަހުރިކަމަށް އުސެއިދު ވިދާޅުވި އެވެ. އަދި އެކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުގެ މުވައްޒަފުން ހެކިވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

” ހިޔާނާތުގެ އެ އަމަލުތަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުން ހެކި ވާނެ. ” އުސެއިދު ވިދާޅުވި އެވެ.

އުސެއިދު ވިދާޅުވީ ނިމްސް އިން ހިޔާނާތް ހިންގަން މަސައްކަތްކުރާކަން އެނގުނީ އޮކްޓޯބަރުމަހު މަހު ކަމަށާއި އެހިސާބުން އެ މައްސަލަ ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ ސަމާލުކަމަށް ގެނައި ކަމަށެވެ.

އާސަންދަ ބިލުތަކެއް ވަނީ އޮޅުވާލާފަ، މައްސަލަ ޖެހުނީ ހިޔާނާތާ ދެކޮޅުހެދުމުން: އުސެއިދު

” ކަނޑައެެޅިގެން ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް އޮޅުވާލާ، ވައްކަން ކުރަން މަސައްކަތް ކުރާ ބަޔަކާއެކު އަޅުގަނޑަކަށް މަސައްކަތެއް ނުކުރެވޭނެ. އަދި އެފަދަ ހިޔާނާތަކަށް ދުލެއް ނުދޭނަށް. ” އެންއައިއައިގެ ޑެޕިއުޓީ ޑައިރެކްޓަރު އުސެއިދު ވިދާޅުވި އެވެ.

އުސެއިދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ނިމްސް ކުންފުންޏާ ނޫން ކަމަށާއި ބައެއް މީޑއާތަކުން ހަބަރު ފަތުރާއިރު ރައްޔިތުންނަށް އޮޅުން އަރާގޮތަށް ފަތުރަމުންދާތީ އެކަމާ ކަންބޮޑުވެލައްވާ ކަމަށެވެ.

ދަތިތައް ގިރާކޮށް، ރަސްމީ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވުމުގެ މަސައްކަތް ދަނީ ކުރިއަށް: އެންއައިއައި

އެކަމަކު އެންއައިއައިގެ އެމްޑީ ސޮއިކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި އުނދަގޫތަކެއް ކުރިމަތިވެފައި ވަނީ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ހީނަރުވެ، ކުންފުނީގެ މަސައްކަތްތައް ނިންމުމަށް ދިވެހި ހިއްސާދާރުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭތީ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355