twitterviber whatsapp telegramfacebookyoutube instagram
31st October 2025

ހދ ޤުރުއާން މުބާރާތް އޭޕްރިލްގަ، ހޯސްޓްކުރުމަށް ހުޅުވާލައިފި

Jan 7, 2018

ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އަތޮޅު ޤުރުއާން މުބާރާތުގެ މި އަހަރުގެ މުބާރާތް އިއުލާންކޮށް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފި އެެވެ.

އެކައުންސިލުން ނެރުނު މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ މުބާރާތް ހޯސްޓް ކުރުމަށް ބޭނުންވާ ރަށު ކައުންސިލް، ކްލަބް، ޖަމްއިއްޔާ އަދި ޖަމާއަތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ކުރިން އެ އިދާރާއަށް ދުުރުވެ ޕްރޮޕޯސަލް ހުށައެޅުމަށް އެޅުމަށެވެ. އަދި ޕްރޮޕޯސަލް ހުށައަޅާއިރު މުބާރަތުގެ އިންތިޒާމްތައް ރާވާފައިވާ ގޮތުގެ ތަފްސީލްވެސް ހުށައެޅުމަށް އިއުލާނުގައި ބުނެފައިވެއެވެ.

އަދި މުބާރަތް ބާއްވާނެ ރަށަކާއި ތަނެއް ކަނޑައެޅުމުގައި އިސްކަންދޭވީ މިކައުންސިލުން އެންމެ ހަރަދު ކުޑަކޮށް މުބާރާތުގެ ފެންވަރު ރަނގަޅު އިންތިޒާމެއްގެ މަތިން ބޭއްވުމަށް ހުށައަޅާ ފަރާތްތަކަށް ކަމަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި އަހަރުގެ މުބާރާތް ބޭއްވުމަށް ގަސްދުކުރެވިފައިވަނީ އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށާއި މުބާރާތް ހިނގާނެ ކަމަށް އަންދާޒާ ކުރެވޭ ބަޖެޓް ތައްޔާރު ކުރަންވީ ގޮތުގެ ނަމޫނާ ކަރުދާސް ހދ އަތޮޅު ކައުންސިލުންނާއި، ރަށު ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ހދ އަތޮޅު ގުރުއާން މުބާރާތް ކާމިޔާބު ކޮށްފައިވަނީ ވައިކަރަދޫއިންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355