twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހިންގަން އުޅުނުކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ފުލުހަށާއި އޭސީސީއަށް !

Jan 7, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިންގަން ހަވާލުކުރި ނޫރުލް އިސްލާމް އިންޓަނޭޝަންއިން ހިންގާފައިވާކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ފުލުހަށް ހުށަހަޅައިފި އެވެ.

ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ 80 އިންސަތަ ހިއްސާ އޮންނަނީ އިންޑިޔާގެ ނިމްސް ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓްގަ އެވެ. އެކުންފުނީގެ ބާކީ 20 އިންސަތަ އޮންނަނީ އަލީ އުސެއިދުގެ އަތުގަ އެވެ.

އާސަންދަ ބިލުތަކެއް އޮޅުވާލައި އިތުރަށް ފައިސާ ހިމަނާގެ އާސަންދަ ކުންފުންޏަށް ބިލު ކުރި މައްސަލަތަކަކާއި އެހޮސްޕިޓަލަށް ނިމްސް ފޮނުވި ބައެއް މެޝިނަރީތަކުގެ އަގު ބޮޑުކޮށް ބިލްކޮށްފައިވާ މައްސަލަތަކެއް އޭސީސީއަށާއި ފުލުހުންނަށް ހުށަހެޅީ އެކުންފުނީގެ ދިވެހި ޑައިރެކްޓަރު އަލީ އުސެއިދެވެ.

ހޮސްޕިޓަލުގެ ހިދުމަތްތަކަށް ބުރޫއަރާފައިވަނީ ނިމްސްއިން ކުރަން އުޅުނު ހިޔާނާތުގެ މައްސަލަތަށް ހާމަކޮށް، އެކަމާ ދެކޮޅު ހެދުމުންކަމަށް އުސެއިދު ވަނީ މީގެ ކުރިންވެސް ވިދާޅުވެފަ އެވެ.

އުސެއިދު ވިދާޅުވެފައިވަނީ އާސަންދަގެ އިންނަ އުސޫލުގެ ބޭރުން އަގު ބޮޑުކޮށް އާސަންދަ ކުންފުންޏަށް ބިލްކޮށްފައިވާކަން އެނގިފައިވާ ކަމަށާއި އެކަން މުވައްޒަފުން ލައްވައި ކުރުވީ އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަންގެ އެމްޑީ ފައިޒަލް ޙާން ފޮނުވި ސީނިއަރ މުވައްޒަފަކު އަންގައިގެން ކަމަށް މިހާތަނަން ބެލިބެލުމުން އެނގިފައިވާކަމަށް އޭނާ ވަނީ ވިދާޅުވި އެވެ. އަދި އާސަންދައިގެ ބިލުތަކެއް އޮޅުވާލާފައިވާކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ހިނގާފައިވާ ގޮތް ބަލާފައިވާ ކަމަށެވެ. އާސަންދަ ބިލްތަށް އޮޅުވާލައި މުވައްޒަފުންނަށް ބިލްތަކުގައި ބޮޑުތި އަގު ޖެހުމަށް އެންގިކަން ދިވެހި ކުންފުންޏަށް އެނގިފައިނުވާކަމަށްވެސް އުސެއިދު ވިދާޅުވެފައިވެ އެވެ.

ދަތިތައް ގިރާކޮށް، ރަސްމީ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވުމުގެ މަސައްކަތް ދަނީ ކުރިއަށް: އެންއައިއައި

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ދިވެހިންނަށް ތުހުމަތުތަކެއް ކުރީ، ނޫރުލް އިސްލާމުން ހިންގި ހިޔާނާތުގެ ބޮޑެތި އަމަލުތަކެއް ފަޅާއެރުމުން ކަމަށާއި ހެއްކާ އެކު އެ މައްސަލަތައް ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކޮށްދޭން އެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓަކީ އިންޑިއާގައި ދަަރުމައަށް މަސައްކަތް ކުރަން އުފައްދާފައިވާ ޓްރަސްޓެކެވެ. އެ ޓްރަސްޓުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގައި، ވިޔަފާރީގެ ފައިދާ ލިބޭ ގޮތަށް މަސައްކަތްކުރުން އިންޑިއާގެ ގާނޫނުތަކުން މަނާކުރާކަން ވެސް، ކަމަށް އުސެއިދު ވިދާޅުވެފައިވެ އެވެ. އަދި ހަމަ އެ ބީދައިން ފަހުން ވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުވެސް ވާހަކަ ދައްކަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355