twitterviber whatsapp telegramfacebookyoutube instagram
31st October 2025

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓުގައި އިމާރާތަކެއް އަޅާނެ ބަޔަކު ހޯދަނީ!

Jan 7, 2018

ހދ ކުޅުދުއްފުއްޓާއި ށ ފުނަދުގެ އެއާޕޯޓުގައި އިމާރާތްތަކެއް އަޅާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

މިއަދު ރީޖަނަލް އެއާޕޯޓްސްއިން ކޮށްފައިވާ އިއުލާނުގައި ވަނީ ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އެއާޕޯޓުގައި، ފަސިންޖަރުންގެ ޓާމިނަލަކާއި، ފަޔާ އެންޑް ރެސްކިޔު ބިލްޑިންގ އެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.

މީގެ އިތުރުން އެ ދެ އެއާޕޯޓުގައި ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ހެދުމަށް މީހުން ހޯދުމަށްވެސް ވަނީ އިއުލާން ކޮށްފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖަނުއަރީމަހުގެ 11 ވަނަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއާޕޯޓްސްގެ އޮފީސް ވެލާނާގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގަތުމަށް އިއުލާނުގައި ވެއެވެ.

އަދި އެއިއުލާނުގައި ވާގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ފަހު ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެސްޓިމޭޓް ހުށަހަޅަން ޖެހެއެވެ.

ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ހިއްކަން ޖެހޭ ސަރަހައްދު މިހާރުވަނީ އެއްކޮށް ހިއްކާ ނިމި، އަމަލީ މަސައްކަތް ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355