twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް މި ހަފްތާގައި ހަވާލު ކުރާނަން: ޒަމީރު

Jan 8, 2018

ކުޅުދުއްފުށީ އެއާޕޯޓު ހެދުމަށް ކަނޑައެޅިފައިވާ ސަރަހައްދު ހިއްކުމުގެ ފަހުގެ މަރުހަލާތައް ކުރިއަށް ދާއިރު، އެއާޕޯޓު އެޅުމަށް ވަކި ބަޔަކާ މި ހަފްތާގެ ތެރޭގައި ހަވާލު ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅު ވެއްޖެއެވެ.

“މިހާރު” އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ ޖުލައި މަހުގެ ނިޔަލަށް އެއާޕޯޓުގެ މަސައްކަތް ނިންމަމް އަމާޒު ހިފައި، އެއާޕޯޓުގެ ރަންވޭ ހެދުމުގެ މަސައްކަތް އެމްޓީސީސީ ނުވަތަ އެމްއާރުޑީސީ، އެދެފަރާތުން ކުރެ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކާ މި ހަފްތާގެ ތެރޭގައި ހަވާލު ކުރެވޭ ވަރު ވާނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ އެ ދެ ކުންފުނިން މި ހަފްތާގެ ތެރޭގައި ޕްރޮޕޯޒަލް ހުށަހަޅާނެ ކަމަށެވެ. އަދި ބަޖެޓަށް އެންމެ ލުއި ގޮތަކަށް ބަލާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ކުންފުނި ތަކުގެ ތެރެއިން އެމްޓީސީސީ އާއި އެމްއާރުޑީސީގެ ގާބިލްކަން ހުރިކަމަށާއި، އެ ދެ ކުންފުނި ތެރެއިން ކޮންމެވެސް އެއް ކުންފުންޏަކަށް ރަންވޭގެ މަސައްކަތް ހަވާލު ކުރާނެ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް އިން ވެސް ވަނީ ރަންވޭގެ އިތުރުން ކުޅުދުއްފުށީ ޓާމިނަލް އާއި ފަޔާ އެންޑް ރެސްކިޔު ބިލްޑިންގް އެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާން ކޮއްފައެވެ.

ޒަމީރު ވިދާޅުވެފައި ވާ ގޮތުގައި ކުޅުދުއްފުށީ އެއާޕޯޓުގައި އަޅަނީ ޕްރީފެބްރިކޭޓް ޓާމިނަލް ބިލްޑިންގް އަކާއި، ފަޔާ އެންޑް ރެސްކިޔު ބިލްޑިންގެކެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހަތަރު އެއާޕޯޓެއް ހެދުމަށް 283 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކުޅުދުއްފުށީގެ އެއާޕޯޓްގެ މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. އެހެންނަމަވެސް އެއާޕޯޓަށް ޚަރަދުވާނެ ވަކި އަދަދެއް ހާމަ ކޮށްފައެއްނުވެއެވެ.

ކުޅުދުއްފުށީގެ އެއާޕޯޓް ހެދުމަށް މޫދުން ހަ ހެކްޓަރުގެ ބިމާއި ކުޅިން ނުވަ ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 12 ގައި ކުޅުދުއްފުށީ ބިން ހިއްކުން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، މި އަހަރުގެ މެދެއްހާ ހިސާބުގައި އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355