އެޑިއުކޭޝަން މިނިސްޓްރީން ށ މިލަންދޫ ސްކޫލުގައި އަލަށް އިމާރާތްކުރި 4 ބުރީގެ އިމާރާތް ނިންމާ، އެމިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
މިލަންދޫ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ކުރީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. މިލަންދޫ ސްކޫލަށް އިތުރުކުރި އިމާރާތުގައި 29 ކްލާސްރޫމާއި 2 ލައިބްރަރީގެ އިތުރުން 4 ލެބޯޓްރީ ހިމެނެ އެވެ.
މިލަންދޫ ސްކޫލް މިނިސްޓްރީއާ ހަވާލުކުރަނީ–
4 ބުރީގެ މި އިމާރާތުގެ މަސައްކަތް ނިންމާ އެޑިއުކޭޝަން މިނިސްޓްރީއާއި މިހާރު ހަވާލުކޮށްފައިވާއިރު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު މި އިމާރާތްވެސް ބޭނުންކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިލަންދޫ ސްކޫލުގެ އާ އިމާރާތް–
މިއީ ސަރުކާރުގެ ބަޖެޓުން 49 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.