twitterviber whatsapp telegramfacebookyoutube instagram
18th April 2026

80 މީހުންނާއެކު ފަރަށް އެރި ހދ އަތޮޅު ފެރީ ފުންކޮށްފި

Jan 9, 2018

މިއަދު ހެނދުނު ހދ ކުރިނބީ ފަރަށް އެރި ހދ އަތޮޅު ފެރީ ފުންކޮށްފި އެވެ.

ކުރިނބީން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން އައި މިފެރީ އެރަށު ފަރަށް އެރީ ހެނދުނު ގާތްގަނޑަކަށް 8 ޖަހާއިރު އެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވީ ކައުންސިލަށް އެ ހަބަރު ލިބުމާއި ގުޅިގެން އިތުރު ފެރީއެއް މިހާރު ފޮނުވާފައިވާނެ ކަމަށެވެ. އަދި ފަރަށް އެރި ފެރީ މިހާރު ފުންކޮށް އޮތީ އެރަށު ބަނދަރުގައި ކަމަށްވެސް އާތިފް ވިދާޅުވި އެވެ.

ފަރަށް އެރި ފެރީއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ގެއްލުން ތަކުގެ ތަފްސީލް އަދި ނޭނގޭ ކަމަށްވެސް އާތިފް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 80 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ފެރީ ފަރަށް އެރި އިރު އޭގައި ތިބީ ކުރިނބީގެ އިތުރުން ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނާވައިދޫއިން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން އައި މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355