twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބޭންކް އެކައުންޓްތަކުގެ ތަފްސީލް ހާމަކޮށް، ފައިސާގެ ތުހުމަތުތަކަށް އުސެއިދު ރައްދުދީފި

Jan 9, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަންއިން އެކުންފުނީގެ ދިވެހި ޑައިރެކްޓަރުން ކުރި ފައިސާގެ ތުހުމަތުތަކާއެކު އެކުންފުނީގެ ދިވެހި ޑައިރެކްޓަރު އަލީ އުސެއިދު އޭނާގެ ބޭންކް އެކައުންޓްތަކުގެ ތަފްސީލް ހާމަކުރައްވައިފި އެވެ.

ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން ވަނީ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ދިނުން ލަސްވާން ދިމާވީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ތިއްބެވި ދިވެހިންގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެމީހުންނާ މެދު ފައިސާގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެ މައްސަލަތަކުގައި ފިޔަވަޅު އަޅައިދޭންވެސް ރައީސްއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. އެގޮތުން ރާއްޖޭގައި އެކުންފުނީގެ ބޭންކް އެކައުންޓް ހުޅުވުން ލަސްވުމާއި އެކަމާ ހެދި ފައިސާ ފޮނުވަން ޖެހެނީ ޑައިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންގެ އެކައުންޓްތަކަށް ކަމަށާއި އެގޮތުން ވޭތުވެދިޔަ 6 މަސް ތެރޭގައި އެކި ފަހަރު މަތިން 130،000 ޑޮލަރު ފޮނުވާކަމަށެވެ. އެ އެކައުންޓްތަކަށް ފޮނުވާފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ވެސް އެސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

ދަތިތައް ގިރާކޮށް، ރަސްމީ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވުމުގެ މަސައްކަތް ދަނީ ކުރިއަށް: އެންއައިއައި

ފައިޒަލް ޙާންގެ އެ ތުހުމަތުތައް އުސެއިދު ވަނީ ވަގުތުން ދޮގުކުރައްވާފަ އެވެ. އަދި ނިމްސްގެ އެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އުސެއިދު ވަނީ އޭނާ ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ ދިވެހި ފައިސާގެ އެކައުންޓާއި ޑޮލަރު އެކައުންޓްގެ ތަފުސީލުތައް ކޭއޯއާ ހިއްސާކޮށް، ހާމަކުރައްވާފަ އެވެ.

ބީއެމްއެލް ތައްގަނޑު ޖެހި އެ ސްޓޭޓްމަންޓުތަކުގައިވާ ގޮތުން އުސެއިދުގެ ޔޫއެސް ޑޮލަރު އެކައުންޓްގައި 2017 ވަނަ އަހަރުން ފެށިގެން 2018 ޖެނުއަރީމަހުގެ 7 ވަނަ ދުވަހާ ހަމައަށް ކުރެވިފައިވަނީ އެންމެ ހަތަރު މުއާމަލާތެވެ. ތިން މުއާމަލާތްވެސް ހިނގާފައިވަނީ މިދިޔަ އަހަރުގެ މާރޗުމަހު ތެރޭގަ އެވެ. ފަހު މުއާމަލާތެއްގެގޮތުގައި ހިންގާފައިވަނީ މިމަހުގެ ޖެނުއަރީމަހު އެވެ. މި ހަތަރު މުއާމަލާތުގައިވެސް ހިންގާފައިވަނީ ވަރަށް މަދު އަދަދުތަކެއްގެ ފައިސާކަން ފާހަގަކޮށްލެވެ އެވެ.

އުސެއިދުގެ ބީއެމްއެލްގެ ދިވެެހި ފައިސާގެ އެކައުންޓްގެ މުއާމަލާތްތަކަށް ބަލާއިރު 2017 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން މެދުނުކެނޑި ޖޫން މަހާ ހަމައަށް ފައިސާގެ މުއާމަލާތްކޮށްފައިވެ އެވެ. ދިވެހި އެކައުންޓްގައިވެސް އެންމެ ފަހުގެ މުއާމަލާތެއް ހިންގާފައިވަނީ މިމަހުގެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހިންގަން އުޅުނުކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ފުލުހަށާއި އޭސީސީއަށް !

ކުޅުދުއްފުށީ ހޮސްޕިޓަލުން ހިންގަން އެންއައިއައި އިން ހަވާލުވީ ޖޫން މަހުގެ ތެރޭގައި އެވެ. ޑިސެމްބަރާ ހަމައަށް ދެ ކުންފުނީގެ މައްސަލަތައް މީޑިއާއަށް ތިލަވެފައިނުވާއިރު އުސެއިދު ހޮސްޕިޓަލާ ހަވާލުވެ ހުންނެވި މުއްދަތުގެ ތެރޭގައި އޭނާ އެކައުންޓްތަކުގައި ފައިސާގެ މުއާމަލާތް ހިންގާފައިވާކަމަށް ބެންކް ސްޓޭޓްމަންޓްތަކަކުން ނުދައްކަ އެވެ.

އުސެއިދު ވިދާޅުވީ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓްގެ އެމްޑީ ފައިޒަހް ޙާން މަސައްކަތް ކުރަނީ ދޮގާއި އޮޅުވާލުމުގެ ތެރެއިން ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މުވައްޒަފުން ކޭއޯއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެންއައިއައި އިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހިންގާފައިވަނީ ފައިސާގެ ޖަރީމާތަކެއް ކަމަށެވެ. ނިމްސް އިން ފޮނުވާފައި ހުންނަ ބިދޭސީ އަންހެން މީހާ އަކީ ހޮސްޕިޓަލުގެ ދިވެހި ޑައިރެކްޓަރުންނަށް ވުރެ ވެސް ބާރުގަދަވެފައިވާ ނުފޫޒު ފަދަ މީހެއް ކަމަށް ބެލެވޭކަމަށް އެތަނުގެ މީހުން ބުންނެވެ. އަދި އެ އަންހެން މީހާ ޖުލައި މަސް ތެރޭގައި ހޮސްޕިޓަލަށް އައިސް ފުރަތަމަވެސް މަސައްކަތްކުރީ ބިލްތައް ބަދަލުކޮށް އާ ހިދުމަތްތަކަކަށް އަގު ނެގުމަށް ކަމަށް މުވައްޒަފުން ބުންޏެވެ.

އެންއައިއައި އިން ހިންގާފައިވަނީ ފައިސާގެ ޖަރީމާތަކެއް، ބިލުތައް ބަދަލުކުރީ މަޖުބޫރުކޮށްގެން: މުވައްޒަފުން

އަދި ބަލި މީހުންނަށް ނުދޭ ހިދުމަތްތަކަށްވެސް އަގު ނަގައި ބޮޑެތި އަގު ޖެހުމަށް ނަރުހުންނަށް މަޖުބޫރުކުރިކަމަށް މުވައްޒަފުން ބުންޏެވެ. އެމައްސަލަތަކުގެ ތެރޭގައި ހޮސްޕިޓަލް ސީނިއަރ ބައެއް މުވައްޒަފުންނާ އެ އަންހެން މީހާއާ ދެމެދު ހިޔާލު ތަފާތުވުން އުފެދި މައްސަލަ ހޫނުވެސްވިކަމަށް އެމީހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355