twitterviber whatsapp telegramfacebookyoutube instagram
19th March 2024

ކުޅުދުއްފުށީ ހޮސްޕިޓާ ރަނގަޅުކުރުމަށް 10 ދުވަހުގެ މުހުލަތެއް ދީފި

Jan 9, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ހިދުމަތްތައް ރަނގަޅުކުރުމަށް 10 ދުވަހުގެ މުއްދަތެއް ނޫރުލް އިސްލާމް އިންޓަނޭޝަނަލްއަށް ހެލްތް މިނިސްޓްރީން ދީފި އެވެ.

މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ހެލްތް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ނޫރުލް އިސްލާމް އިންޓަނޭޝަނަލްއަށް 10 ދުވަހުގެ މުއްދަތެއްދީފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ހައްލެއް ހޯދިފައިވާނުވާ ނަމަ ގާނޫނީ ފިޔަވަޅު އެ ކުންފުންޏާ މެދު އަޅާނެ ކަމަށެވެ.

ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތް އެންއައިއައި ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކުންފުނީގެ އިންޑިޔާގެ ހިއްސާދާރުންނާއި ދިވެހި ހިއްސާދާރުންގެ މެދުގައި ފައިސާގެ މައްސަލަތަކެއް ކުރިމަތިވެ، ހޮސްޕިޓަލުގެ ހިދުމަތް ދަށް ވުމުން، މިނިސްޓްރީން ބައެއް ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ނިމްސް އިން ހިޔާނާތް ހިންގަން އުޅުނުކަމުގެ ހެކި އެބަހުރި: އުސެއިދު

ކުޅުދުއްފުށީ ހޮސްޕިޓާ ހިންގަން ހަވާލުކޮށްފައިވާ މައި ކުންފުނި، އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން އާސަންދަ ބިލުތަކެއް އޮޅުވާލައި ބޮޑު އަގު ޖަހާ ބިލްކުރި ކަމަށް ދިވެހި ހިއްސާދާރު އަލީ އުސެއިދު އާއި ހޮސްޕިޓަލުގެ މުވައްޒަފުންވެސް ވަނީ ވިދާޅުވެފަ އެވެ.

އަދި ހޮސްޕިޓަލަށް ފޮނުވާފައިވާ މެޝިނަރީތައް ގަތް އަގަށްވުރެ ބޮޑު އަގު ޖަހައިގެން ބިލްކުރި މައްސަލަތަކެއްވެސް ވަނީ އުސެއިދު ފާހަގަކޮށްފަ އެވެ. އަދި ހިޔާނާތުގެ އެ މައްސަލަތައް ބަލާދިނުމަށް އޭސީސީއަށާއި ފުލުހަށްވެސް ވަނީ އުސެއިދު ހުށަހަޅާފަ އެވެ.

ނިމްސް ކުންފުންޏަކީ ރާއްޖޭގައި ވިޔަފާރިކުރުމުގެ ގާނޫނީ ގާބިލުކަން އޮތް ބައެއް ނޫން: ނަޝީދު

އެހޮސްޕިޓަލުގެ މުވައްޒަފުން ބުނިގޮތުގައި އާސަންދަ ބިލްތައް އޮޅުވާލައި ބޮޑު އަގު ޖަހައި ފައިސާގެ “ޖަރީމާ” ހިންގީ އިންޑިޔާއިން ފޮނުވާފައި ހުރި ބިދޭސީ އަންހެންގެ އަމުރަށް ކަމަށެވެ.

ނިމްސް އިން ފޮނުވާފައި ހުންނަ ބިދޭސީ އަންހެން މީހާ އަކީ ހޮސްޕިޓަލުގެ ދިވެހި ޑައިރެކްޓަރުންނަށް ވުރެ ވެސް ބާރުގަދަވެފައިވާ ނުފޫޒު ފަދަ މީހެއް ކަމަށް ބެލެވޭކަމަށް އެތަނުގެ މީހުން ބުންނެވެ. އަދި އެ އަންހެން މީހާ ޖުލައި މަސް ތެރޭގައި ހޮސްޕިޓަލަށް އައިސް ފުރަތަމަވެސް މަސައްކަތްކުރީ ބިލްތައް ބަދަލުކޮށް އާ ހިދުމަތްތަކަކަށް އަގު ނެގުމަށް ކަމަށް މުވައްޒަފުން ބުންޏެވެ.

އަދި ބަލި މީހުންނަށް ނުދޭ ހިދުމަތްތަކަށްވެސް އަގު ނަގައި ބޮޑެތި އަގު ޖެހުމަށް ނަރުހުންނަށް މަޖުބޫރުކުރިކަމަށް މުވައްޒަފުން ބުންޏެވެ. އެމައްސަލަތަކުގެ ތެރޭގައި ހޮސްޕިޓަލް ސީނިއަރ ބައެއް މުވައްޒަފުންނާ އެ އަންހެން މީހާއާ ދެމެދު ހިޔާލު ތަފާތުވުން އުފެދި މައްސަލަ ހޫނުވެސްވިކަމަށް އެމީހުން ބުންޏެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ އަމިއްލަ ބުލޮގްގައި ލިޔުއްވާފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓާ ހިންގާ 80 އިންސަތަ ހިއްސާ އޮންނަ އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓަކީ އިންޑިޔާއިން ބޭރުގައި އިންވެސްޓްކޮށް، ވިޔަފާރިން ނަފާ ހޯދުމަށް އިންޑިޔާގެ ރިޒަވް ބޭންކް އޮފް އިންޑިޔާއިން ހޯދަން ޖެހޭ “އާރު.ބީ.އައި. އެޕްރޫވަލް” އޮތް ބައެއް ނޫން ކަމަށާއި އެ ޓްރަސްޓަކީ ނަފާ ހޯދުމަށް ނުވާގޮތަށް އިންޑިޔާގައި މަސައްކަތްކުރުމަށް ރަޖިސްޓްރީކޮށްފައިވާ “ޗެރިޓަބަލް ޓްރަސްޓް” ކަމަށެވެ.

އެންއައިއައި އިން ހިންގާފައިވަނީ ފައިސާގެ ޖަރީމާތަކެއް، ބިލުތައް ބަދަލުކުރީ މަޖުބޫރުކޮށްގެން: މުވައްޒަފުން

އެހެން ކަމުން ނޫރުލް އިސްލާމް އެޑިކޭޝަން ޓްރަސްޓަކީ ރާއްޖޭގައި ކުންފުންޏެއް އުފައްދައި ހޮސްޕިޓަލެއް ހިންގާ، އާމްދަނީ އާއި ނަފާ ހޯދުމަކީ ހުއްދަކަމެއް ނޫން ކަމަށާއި އަދި އެއީ ކުރެވޭނެ ކަމެއްވެސް ނޫންކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355