twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޖަލާލުއްދީން އުވައެއް ނުލާނެ،ބަދަލާއެކު ތައުލީމީ އާ ފުރުސަތުތަކެއް ފަހިވެގެންދާނެ: އެޑިއުކޭޝަން

Jan 10, 2018

ޖަލާލުއްދީން ސްކޫލު އުވިގެން ނުދާނެކަމަށާއި އެސްކޫލަށް ގެނައި އާ ބަދަލާއެކު ފުރުސަތުތައް އިތުރުވެ ފެންވަރު އިތުރަށް ރަނގަޅުކުރެވިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ. ޖަލާލުއްދީން ސްކޫލަކީ އުތުރުގެ ސާނަވީ ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ސަރަހައްދީ ސްކޫލެކެވެ.

ޖަލާލުއްދީން ސްކޫލު އުވިގެންދާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދަނީ މިއަހަރުން ފެށިގެން އަހަރަކު ގުރޭޑެއް މަދުކުރަމުން ގޮސް އެސްކޫލަކީ ހަމައެކަނި މަތީ ސާނަވީއަށް ހާއްސަ ސްކޫލެއްގެ ގޮތުގައި ކިޔަވާދޭން ސްކޫލަކަށް ބަދަލުކުރުމުން ކުރުމަށް ނިންމާފައިވާތީ އެވެ. ގުރޭޑް 8 – 12 ކިޔަވައިދޭ އެ ސްކޫލުގައި އިތުރު ފުރުސަތުތައް ނުފަށަން، ހަމައެކަނި ހަޔައ ސެކަންޑަރީއަށް ބަދަލުކޮށްފިނަމަ ސްކޫލުގެ ދަރިވަރުން މަދުވެ ސްކޫލު އުވިގެންދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން މިވަނީ އެކަމާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭސް މިނިސްޓަރ އަހުމަދު ޝަފީއު ކޭއޯއަށް މިއަދު ދެއްވި އިންޓަވިއުގެ ވިދާޅުވީ ޖަލާލުއްދީން ސްކޫލުން ކުދިން މަދުވެ ހުލިވެ، އުވާލުމުގެ އެއްވެސް ވިސްނުމެއް އެޑިކޭޝަން ނުގެންގުޅޭ ކަމަށާޢި އެ ސްކޫލަށް މުސްތަގުބަލެއް ހޯދައި ދިނުމަކީ އެޑިކޫޝަން މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.

ހަމައެކަނި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލަކަށް ޖަލާލުއްދީން ބަދަލުކުރަނީ

ހަމައެކަނި މަތީ ސާނަވީ ހާއްސަ، ސަރަހައްދީ ސްކޫލަކަށް ޖަލާލުއްދީން ސްކޫލު ބަދަލުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތް ހިއްސާކުރައްވަމުން ޝަފީއު ވިދާޅުވީ ޖަލާލުއްދީންނަށް ގެނައި ބަދަލާއެކު ތައުލީމީ އާ ފުރުސަތުތަކެއް އުފެދި އިތުރަށް ޕްރޮގުރާމްތައް ފުޅާކުރެވިގެންދާނެ ކަމަށެވެ.

އޭލެވަލްގައި ކިޔެވުމުގެ ފުރުސަތު ހުރިހާ ދަރިވަރުންނަށް އެބައޮތް: ޖަލާލުއްދީން ސްކޫލުގެ ޑ.ޕްރިންސިޕަލް

” ހަމައެކަނި އޭލެވަލްއާ ދިމާއަކަށް ނޫން ކުދިން މިގެންދަނީއެއް. ކުދިން ބޮޑުވެގެންދާއިރު އެކުދިން ކުރިއަށްްދާ ބޭނުންވާ ވަރަށް ގިނަ ދާއިރާތަކެއް ހިޔާރުކުރޭ ކިޔަވަން. އެހެން ވީމާ އެދާއިރާތަކަށް ވީހާވެސް ގިނަ ޕްރޮގުރާމްތައް ފަހިވާނެގޮތަށް އަޅުގަނޑުމެން ކުރިއަށްގެންދަން ބޭނުންވަނީ. އެކަން ބިނާވެފައިމިވަނީ ސްކޫލަކާމެދު ދަރިވަރުންގެ ޝައުގުވެރިކަން.” އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް ޝާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލާލުއްދީން ސްކޫލުން އެހެން ސްކޫލުތަކުން ލިބޭ ހިދުމަތްތަކަށްވުރެ ފުރިހަމަ ހިދުމަތްތަކެއް ޖަލާލުއްދީން ސްކޫލުން ލިބޭނެ ކަމަށެވެ. ސަރަހައްދުގެ ހުރިހާ ރަށްތަކެއްގެ ސްކޫލުތަކުގައި ތަފާތު ގިނަ ކޯސްތައް ހިންގުމަކީ މިނިސްޓްރީއަށް ފަސޭހަ ކަމަށް ނުވާނެކަމަށެވެ.

” އަޅުގަނޑުމެންގެ އަމާޒަކީ ޖަލާލުއްދީން ސްކޫލަކީ މީގެ ކުރިންވެސް އޮންނަގޮތަށް ސަރަހައްދަށް ހާއްސަކުރެވިފަ އޮތް ސްކޫލެއް. އެހެން ސްކޫލުތަކުން ލިބޭ ހިދުމަތްތަކަށްވުރެ ފުރިހަމަ ހިދުމަތްތަކެއް ޖަލާލުއްދީން ލިބުން. ބީޓެކް ކޯސްތައް ތައާރަފުކުރެވި ފުޅާކުރެވިގެންދިއުމުން އާބާދީވެސް މެއިންޓެއިން ކުރެވިގެންދާނެ.” ޝަފީއު ވިދާޅުވި އެވެ.

އަންނަންއުޅޭ ބަދަލާއެކު ޖަލާލުއްދީން ސްކޫލަށް ދެން ވާނީ ކިހިނެއް؟

ޝަފީއު ވިދާޅުވީ ޖަލާލުއްދީން ސްކޫލު މަތީ ސާނަވީ ސްކޫލެއްގެ ގޮތުގައި ހާއްސަ ކުރެވިގެންދިޔައީ މާލެ އާއި އައްޑޫގައި އެފަދަ ތަޖުރިބާތަކެއް ކޮށްފަކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުވަނީ ހަމައެކަނި މަތީ ސާނަވީއަށް ހާއްސަ ސްކޫލަކަށް ބަދަލުކޮށްފަ އެވެ. އަދި މިއަހަރުވެސް މަރަދޫ ފޭދޫގައި ހުންނަ އިރުޝާދިއްޔާ ސްކޫލް މަތީ ސާނަވީއަށް ހާއްސަކުރެވިގެންދާނެކަމަށް ޝަފީއު ވިދާޅުވި އެވެ. ޖަލާލުއްދީން ސްކޫލަށްް ގެނައި ބަދަލު ރާއްޖޭގެ އެހެން ބޮޑެތި އާބާދީތަކުގެ ސްކޫލުތަކުންވެސް ފެންނާނެ އެވެ. އެގޮތުން ހަމަ މިއަހަރު ފޯއްމުލަކު އާއި ތިނަދޫގެ ސްކޫލެއްވެސް މަތީ ސާނަވީއަށް ވަނީ ހާއްސަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355