twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސައުދީގެ ޕްރިންސެއްގެ އޯޑިއޯ ކްލިޕްއެއްގެ ސަބަބުން އޭނާ އެމަގާމުން ވަކިކޮށްފި !

Jan 10, 2018

ސައުދީގެ ޕްރިންސް އެމަގާމުން ވަކި ކޮށްފައިވަނީ، މިދިޔަ ހަފްތާގެ ތެރޭގައި އެގައުމުގެ ރިޔާދު ގައި ހައްޔަރުކޮށްފައިވާ 11 ޕްރިންސުންނާއި ހައްޔަރުކޮށްފައިވާ ގޮތާ ބެހޭގޮތުން، ސައުދީގެ ޕްރިންސް ނެރެފައިވާ އޯޑިއޯ ކްލިޕްއެއްގެ މައްސަލައިގައެވެ.

ސައުދީ މެރިން ސްޕޯޓްސް ފެޑަރޭޝަންގެ ރައީސްއެއްގެ ގޮތުގައި ހުރި ޕްރިންސް ޢަބްދުﷲ ބިން ސައުދު ބުނެފައިވަނީ، އޭނާ އެ އޯޑިއޯ ނެރެފައިވަނީ އޭނާގެ އަމިއްލަ ބޭނުމަކަށްކަމަށެވެ.

ޖެނުއަރީ 4 ވަނަ ދުވަހު ރިޔާދުގައި ހައްޔަރު ކުރެވުނު ޕްރިންސުން ހައްޔަރުކޮށްފައިވަނީ، ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އާއި ގުޅުން ހުރި ބާރުގަދަ ބައެއްކަމަށްވާ ” ބްލަޑް ރަސްޓެޑް ސްވޯޑްގެ” ނަން ދެވިފައިވާ ބައެކެވެ.

ސަރުކާރުން ބުނާ ގޮތުގައި ޕްރިންސުން ހައްޔަރު ކޮއްފައިވަނީ ރޯޔަލް ޕެލެސްގެ ކައިރީގައި ހިތްހަމަނުޖެހުން ތަކެއް ފާޅު ކުރުމުންނެވެ. އަދި 2016 ވަނަ އަހަރު މަރާލާފައިވާ ޕްރިންސުންނާއި ދެބެއިންގެ ދެދަރިވާ ކުއްޖެއްގެ މަރުގެ ތުހުމަތުގައެވެ. އަދި ހިތްހަމަ ނުޖެހުން ފާޅު ކޮއްފައިވަނީ ޕްރިންސުންގެ ފެނާއި ކަރަންޓުގެ ހިދުމަތަށް ސަރުކާރުން އެހީވުން ހުއްޓާލާނެކަމަށް ބުނި ހިސާބުން ފެށިގެންނެވެ.

އެހެންނަމަވެސް ސައުދީގެ ޕްރިންސް އަބްދުﷲ ބިން ސައުދުގެ ރެކޯޑިންގައި ބުނެފައިވަނީ ގައުމުގެ ހުރިހާވެސް ބަޔަކީ އެގައުމުގެ ޒުވާނުން ކަމަށެވެ. އަދި އެމީހުންނަށް ކުރެވޭ އެއްވެސް އަމުރަކަށްް ދެކޮޅު ހެދުމުގެ ޖާގައެއް ނޯންނާނެކަމަށެވެ. އަދި ހައްޔަރުކުރުންތަކާއި ބެހޭގޮތުން ބުނެފައިވަނީ އެކަން ހިނގީ އެގޮތަށްނޫންކަމަށެވެ. އެކަން ހިނގި އިރު ކައިރީގައި ހުރި މީހަކަށް ވެހުރެ ޕްރިންސް ބުނެފައިވަނީ އެދުވަހު ހުރިހާ ޕްރިންސުން އެބޭފުޅުންގެ ތިމާގެ ބޭފުޅަކާއި އެކު ޕެލެސްއަށް ވަދެ، ތިމާގެ ފަރާތާ އޭނާގެ ވަޒީފާއާއި ބެހޭގޮތުން ސުވާލު ކުރެވުނެވެ. އަދި އިތުރަށް އެތެރެއަށް ނުވަނުމަށް ޕްރިންސުންނަށް އެންގުމުން، ގާޑުންނާއި ދެމެދު ދިމާވި ހަމަނުޖެހުމަކާއި ގުޅިގެން ޕްރިންސުން ހައްޔަރު ކުރެވުނު ކަމަށެވެ.

މިހެން ބުނެފައިވާ އޯޑިއޯ ކޮޅުގެ ސަބަބުން ސައުދީގެ ޕްރިންސް ވަނީ އެމަގާމުން ވަކިކުރެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355