twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަޝްވަރާގައި އިޙްލާސްތެރިކަމެއް ނެތް، ފައިޒަލް ހާން ވަނީ ކުންފުނި ކިޑްނެޕްކޮށްފަ: އުސެއިދު

Jan 11, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން ހަވާލުކޮށްފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް(އެންއައިއައި) ވަނީ އެމްޑީ ފައިޒަލް ޙާން ކިޑްނެޕްކުރައްވާފަކަމަށް އެކުންފުނީގެ ދިވެހި ޑައިރެކްޓަރު އަލީ އުސެއިދު ވިދާޅުވެއްޖެ އެވެ.

އަލީ އުސެއިދު މިހެން ވިދާޅުވެފައިމިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ދިހަ ދުވަހުގެ މުހުލަތެއް އެންއައިއައި އަށް ހެލްތް މިނިސްޓްރީން ދީފައިވަނިކޮންނެވެ. އަދި އެކަން އިއްޔެ ހެލްތް މިނިސްޓަރު މުހައްމަދު ނާޒިމް އިއުލާންކުރައްވާފައިވެސް ވަނިކޮންނެވެ.

ކޭއޯ އަށް ދެއްވި އިންޓަވިއުގެ އެންއައިއައިގެ ޑެޕިއުޓީ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވީ މިނިސްޓްރީން ދިހަ ދުވަހުގެ މުހުލަތެއް ހޮސްޕިޓާ ރަނގަޅުކުރުމަށް ދީފައިވީނަމަވެސް އެކަމާ ގުޅުން ހުރި އެއްވެސް ވާހަކައެއް އެކުންފުނީ އެމްޑީ ފައިޒަލް ޙާން، އޭނާއަށް އަންގާފައިނުވާ ކަމަށެވެ.

ހެލްތް މިނިސްޓަރު އިއްޔެ ދެއްވި ނިއުސް ކޮންފަރެންސްއަށް އަލިއަޅުވާލައްވަމުން އުސެއިދު ވިދާޅުވީ މަޝްވަރާކޮށް ކަންތައްތައް ހައްލުކުރުމަށް 10 ދުވަހުގެ މުހުލަތެއް ދެއްވި ނަމަވެސް އެކަމުގެ އެއްވެސް ވާހަކައެއް ކުންފުނީގެ އެމްޑީ ފައިޒަލް ޙާން، އޭނާއަށް ހިއްސާކޮށްފައިނުވާ ކަމަށާއި މަޝްވަރާކުރުމުގައި ފައިޒަލް ޙާންގެ އެއްވެސް އިޙްލާސްތެރިކަމެއް ނެތްކަމަށް އުސެއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުހުލަތު ދެއްވީ ކޮންދުވަހަކުން ކޮންދުވަހަކަށް ކަންވެސް ނޭނގޭ ކަމަށާއި އެނގޭ އެއްޗެއް އެނގިފައިވަނީ ހަމައެކަނި މީޑީއާ މެދުވެރިކޮށް ކަމަށެވެ. މިހާރު ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓް އާއި ނޫރުލް އިސްލާމް އިންޓަނޭޝަނަލްވެސް ހިންގަވަނީ ފައިޒަހް ޙާން ކިޑްނެޕް ކުރައްވައިގެން އޭނާ ބޭނުންވާ ގޮތަކަށް ކަމަށެވެ. އަދި ދެ ކޮޅުންވެސް ކުންފުނި ހިންގަވަނީ ފައިޒަލް ޙާން ކަމަށް އުސެއިދު ވިދާޅުވި އެވެ.

ހިއްސާދާރުން މެދުގައި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ފައިޒަލް ޙާން މަސައްކަތް ކުރައްވަނީ އަމިއްލަ ނޫސްބަޔާން ނެރުއްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

“އަމިއްލައަށް ނޫސް ބަޔާން ނެރުއްވާފައި މި ވިދާޅުވަނީ މިއީ އެންއައިއައި އިން ނެރޭ ނޫސްބަޔާނެއްކަމަށް. އެކަމަކު އެއިން އެއްވެސް އެއްޗެއް އަޅުގަނޑަކަށް އެނގެނީކީއެއް ނޫން. މަޝްވަރާއެއް ކުރައްވާފައެއް ނުވޭ. ” އުސެއިދު ވިދާޅުވި އެވެ.

އުސެއިދު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލު ޕްރޮޖެކްޓަކީ ނިމްސް މެޑިސިޓީއާ އެއްވެސް ގުޅުން ހުރި ޕްރޮޖެކްޓެއް ނޫން ކަމަށާއި ނަމަވެސް އެންއައިއައި ގެ ލެޓާ ހެޑް ފައިޒަލް ޙާން އަމިއްލައަށް ބަދަލުކޮށް މިހާރު ނެރޭ ނޫސްބަޔާންތަކުގައި ނިމްސް ހޮސްޕިޓަލުގެ ވެބްސައިޓާ އީމެލް އެޑްރެސްތަކާ އެއްޗެހި ހިމަނާފައިވާ ކަމަށެވެ.

“މިތާ ނިމްސް ހޮސްޕިޓާ މަޝްހޫރުކޮށްގެން މިތަނުން ބަލި މީހުން ނިމްސް ހޮސްޕިޓަލަށް ގެންދަން މަސައްކަތްކުރަނީ ބާ އޭ. އެހެން މި ބުންނަށް ޖެހެނީ އަޅުގަނޑަށް ވަރަށް ޕްރެސަރުކުރެއްވި ނިމްސް ހޮސްޕިޓަލަށް އާސަންދަ ހޯދަވަންވެސް.” އުސެއިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355