twitterviber whatsapp telegramfacebookyoutube instagram
29th March 2024

2687 ދަރިވަރުންނާ އެކު ކުޅުދުއްފުށީގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

Jan 14, 2018

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކުޅުދުއްފުށީގެ ސްކޫލުތަކުގެ އާބާދީ ވަނީ ފާއިތުވި އަހަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ. މިއަހަރު މިރަށު ސްކޫލުތަކުގައި 2687 ދަރިވަރުން ތައުލީމް ހާސިލްކުރާނެ އެވެ.

2015 ވަނަ އަހަރު ކުޅުދުއްފުށީ ސްކޫލުތަކުގައި 2670 ދަރިވަރަކު ތައުލީމު ހާސިލުކުރިއިރު 2016 ވަނަ އަހަރު 2629 ދަރިވަރަކު ތައުލީމު ހާސިލުކުރި އެވެ. އަދި މިދިޔަ އަހަރު 2716 ދަރިވަރުން ތައުލީމް ހާސިލްކުރި އެވެ. އެ އަދަދު ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 11 އަށް ދަރިވަރުން ވެއްދުމުން މަތިވާނެ އެވެ.

ކައުންސިލުން ހިނގާ ޕްރީ ސްކޫލެއް ކަމަށްވާ އަމީރު އަމީން ސްކޫލުގައި މިއަހަރު 317 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. އެއީ ނާސަރީގައި 183 ދަރިވަރުންނާއި ބޭބީ ނާސަރީގައި  134 ދަރިވަރުންނެވެ. މިދިޔަ 2017 ވަނަ އަހަރު އަމީރު އަމީން ސްކޫލުގައި ތައުލީމް ހާސިލުކޮށްފައިވަނީ 339 ދަރިވަރުންނެވެ.

މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން، ހދ އޭއީސީގެ ދަރިވަރުންތަކެއް–

މި އަހަރުވެސް އެންމެ ބޮޑު އާބާދީއާ އެކު ކިޔެވުން ފެށި ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އެވެ. ގުރޭޑް އަށަކަށް މިއަހަރު ކިޔަވާދޭން ފެށި އެ ސްކޫލުގެ އާބާދީ ވަނީ 1305 އަރާފަ އެވެ. ފައުންޑޭޝަން ގުރޭޑުން ފެށިގެން ކީ ސްޓޭޖް ތިންނަކަށް ކިޔަވާންދޭން ފެށި މިސްކޫލަކީ އަތޮޅުތެރޭގައި ހުރި އެންމެ އާބާދީ ބޮޑު ސްކޫލެވެ. މިދިޔަ އަހަރު ޖުމްލަ 1159 ދަރިވަރުން އެ ހދ އޭއީސީގައިތައުލީމް ހާސިލުކޮށްފައިވެ އެވެ.

ފައުންޑޭޝަން ގުރޭޑްތަކުން ފެށިގެން ގްރޭޑް 1 ން 10 އަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި މިއަހަރު 820 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. މިއަހަރު އަލަށް އެސްކޫލާ ވަނީ 106 ދަރިވަރަކު ގުޅިފަ އެވެ. މިދިޔަ އަހަރު އަފީފުއްދީން ސްކޫލުގައި 768 ދަރިވަރުން ތައުލީމު ހާސިލުކުރި އެވެ. އަފީފުއްދީންގައި މިއަހަރު ކުޅުދުއްފުށީގެ އިތުރުން 43 ރަށެއްގެ ކުދިން ތައުލީމް ހާސިލްކުރާނެ އެވެ.

ކުޅުދުއްފުށީ ސެކަންޑަރީ ސްކޫލް ކަމަށްވާ ޖަލާލުއްދީން ސްކޫލްގެ މި އަހަރު ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މި ބޮޑު ބަދަލު އެސްކޫލަށް އައިސްމިވަނީ މިއަހަރު ގުރޭޑް 8 އެސްކޫލުގައި ނުއުފައްދާތީ އެވެ. ގުރޭޑް ނުވައަކުން ފެށިގެން 12 ކިޔަވައިދޭއިރު މިއަހަރު ޖުމްލަ 247 ދަރިވަރުން ތައުލީމް ހާސިލްކުރާނެ އެވެ. ނަމަވެސް ގުރޭޑް 11 އަށް ކުދިން ވަނުމުން އެންރޯލްމަންޓް އިތުރުވެގެންދާނެ އެވެ. މި ދިޔަ އަހަރު އެސްކޫލްގެ ޖުމްލަ އާބާދީއަކީ 427 ދަރިވަރުންނެވެ.

މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން، ޖަލާލުއްދީންގެ ދަރިވަރުންތަކެއް–

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވާއިރު ކުޅުދުއްފުށީގެ ސްކޫލުތަކުގެ 2687 ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް 296 ޓީޗަރުން ހަރަކާތްތެރިވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355