twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ރޯނުވެށުމަށް، ބޮނބި ނަރު އުފައްދައިދޭ މެޝިނެއް ކައުންސިލަށް ހަދިޔާކޮށްފި

Jan 12, 2018

ބޮނބި ނަރު އުފައްދައިދޭ މެޝިނެއް ކުޅުދުއްފުށީ ކައުންސިލަށް މެމްބަރު މުހައްމަދު ނަޝީދު ހަދިޔާކުރައްވައިފި އެވެ.

މި ފަދަ މެޝިނެއް މެމްބަރު ނަޝީދު ކައުންސިލަށް ހަދިޔާކުރައްވާފައިމިވަނީ އެއާޕޯޓް ހެދުމަށް ކުޅިން ބައެއް ހިއްކުމުން ރަށު ރޯނުގެ ވިޔަފާރިއަށް ހީނަރުކަމެއް  އަތުވެދާނެކަމަށް ބެލެވޭ ދަނޑިވަޅެއްގަ އެވެ. ރޯނު ވަށަން ބޭނުންކުރާ ބޮނބި ނަރުން އުފެއްދުމުގެ ކުރިން ބޮނބި ފާ ކުރަނީ ކުޅި އަދި އޮޅުފަދަ ތަންތަނުގަ އެވެ.

ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ރޯނުވެށުންމުގެ ވިސްނުން ގެންގުޅެން: ކައުންސިލް

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ނަޝީދު ހަދިޔާކުރެއްވި ބޮނބިން ނަރު އުފައްދައިދޭ މެޝިން ބަހައްޓާ ހިދުމަތްދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އެ ހިދުމަތް މިމަހު 18 ވަނަ ދުވަހު ފެށޭތޯ މަސައްކަތްކުރަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ މެޝިން ބަހައްޓައިގެން ހިދުމަތް ދޭއިރު ބޮޑަށް ބަލާނީ ވިޔަފާރިއަކަށްވުރެ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތެއްވެސް ދެވޭނީ އަގެއް ނަގައިގެން ކަމަށްވާތީ ސާވިސް ހަރަދަށް، ކުޑަ އަގެއް ނަގާނެ ކަމަށެވެ.

ކުޅުދުއްފުއްޓަށް ރޯނުވަށާ މެޝިން ހޯދައިދިނުމަށް އެދިއްޖެ

މިމެޝިންގެ މަސައްކަތްތައް ފަށާގަތުމުން ބޮނބި ފާ ކޮށް، ބޮނބި ތެޅުމަށް ކުރަންޖެހޭ ބުރަ މަސައްކަތްތައް ހުއްޓުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355