twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފައިޒަލް ޚާން އަކީ ދޮގުވެރިއެއް، މަސައްކަތް ކުރީ އޮޅުވާލައި ވައްކަންކުރުމަށް : އުސައިދު

Jan 14, 2018

ދިވެހި ސަރުކާރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް 50 އަހަރަށް ޓާޝަރީ ފެންވަރަށް ތަރައްޤީކޮށް ހިންގުމަށް ހަވާލުކުރީ ދިވެހި ފަރުދަކަށް ނޫންކަމަށާއި އަދި ނިމްސް ހޮސްޕިޓަލް ކިޔާ އެންޓިޓީއަކަށްވެސް ނޫންކަމަށް އަލީ އުސެއިދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ނޫރުލް އިސްލާމް އިންޓަނޭޝަން (އެންއައިއައި) އާ އެވެ. އެންއައިއައިގެ 80 އިންސަތަ ހިއްސާ އޮންނަނީ އިންޑިޔާގެ ނިމްސް ހޮސްޕިޓާ ހިންގާ ނުރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓްގަ އެވެ. 20 އިންސަތަ ހިއްސާ އޮންނަނީ އަލީ އުސެއިދުގެ އަތުގަ އެވެ.

އެންއައިއައިގެ ޑެޕިއުޓީ ޑައިރެކްޓަރު އަލީ އުސެއިދު ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރާއެކު ސޮއި ކޮށްފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮއްފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާ ކަމަށެވެ. އަދި އެކުންފުނީގެ އެއް ހިއްސާދާރަކީ އުސައިދު ކަމަށާއި އަނެއް ހިއްސާދާރަކީ އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓުރަސްޓް ކިޔާ ދަރުމަޔަށް މަސައްކަތްކުރާ ޓްރަސްޓް އެކެވެ. އެން.އައި.އީ.ޓީގެ ފަރާތުން އެޓްރަސްޓް ތަމްސީލްކުރުމަށް އައްޔަން ކޮއްފައިވަނީ ފައިޒަލް ޚާން ކިޔާ އިންޑިޔާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އެ ޓްރަސްޓްގެ ފަރާތުން ޓްރިވަންޑްރަމްގެ ރަށްބޭރުގައި ނިއަޓިންގްރާ ކިޔާ އަވަށެއްގައި ހުންނަ ނިމްސް މެޑިސިޓީ ކިޔާ ހޮސްޕިޓަލެއްގެ އެމްޑީވެސްމެކަމަށް އުސެއިދު ވިދާޅުވި އެވެ.

އުސައިދު އާއިދޭތެރޭ ފައިޒަލް ޚާން ދިވެހި މީޑިޔާ މެދުވެރިކޮށް ތުހުމަތުކުރާ ކަންތައްތަކަށް އިންކާރުކުރައްވަމުން އުސައިދު އިތުރަށް ވިދާޅުވީ އޭނާގެ އެކައުންޓަށް 130،000 ޑޮލަރު އެކިފަހަރުމަތިން ޖަމާކުރިކަމަށް ފައިޒަލް ޙާން ވިދާޅުވާއިރު އުސެއިދުގެ އެކައުންޓަށް ފޮނުވި ކަމަށް ބުނާ ފައިސާގެ ރަޝީދުކޮބާތޯ އުސެއިދު ވަނީ ސުވާލުކުރައްވާފަ އެވެ. އަދި އެ މުއްދަތުގެ ހިނގާފައި ހުރި ބެންކް އެންކައުންޓަތަކުގެ ތަފްސީލް އުސެއިދު ވަނީ ކޭއޯއާވެސް ހިއްސާކޮށްފަ އެވެ.

ހޮސްޕިޓަލަށް ފޮނުވުމަށް ވިސާ ނެގުމަށް ޑޮކްޓަރުން ތަކަކާއި އެޑްމިނިސްޓްރޭޓިވް ބައެއްގެ ޕާސްޕޯޓް ތަކާއި ސެޓްފިކެޓް ތައް އުސެއިދު ހިފަހައްޓާފައިވާކަމަށް ފައިޒަލް ކުރާ ތުހުމަތުތަކަށް އުސެއިދު ވިދާޅުވީ އިމިގްރޭޝަން ޤަވާއިދުގައި ބުނާގޮތުން ވާރކް ޕަރމިޓެއް ހެއްދުމަށް ހުށަހަޅާއިރު އެއްވެސް މީހެއްގެ ޕާސްޕޯޓް ހުށަހަޅާކަށް ނުޖެހޭކަމަށެވެ. އަދި އެކަން ކޮންމެ ބޭފުޅަކަށްވެސް ވަރަށް ފަސޭހައިން ސާފުކޮއްލެއްވޭނެކަމަށާއި އޭނާގެ އަތަކު އެއްވެސް ޕާސްޕޯޓެއް އަދި ޑޮކިއުމަންޓެއްވެސް ހިފަހައްޓާފައެއްނުވާނެކަމަށް އުސެއިދު ވިދާޅުވި އެވެ.

“ފައިޒަލް ޚާން އިތުރަށް ވިދާޅުވޭ ސީޓީ މެޝިން ކަސްޓަމުގައި ނުނެރެވި ލަސްވަމުންދަނީ އަޅުގަނޑުގެ އިހުމާލުންނޭ. ދަންނަވަންތޯ އެހެން އެބުނާ ފައިޒަލް ޙާން ސީޓީ މެޝިން ނެރެ ކުޅުދުއްފުއްޓަށް ގެންދިއުމަކީ ޖީ.އީ ކުންފުނީގެ ޒިންމާއެއްކަން ބުނިކަމުގެ ހެކި އަޅުގަނޑު އަތުގައި އެބަހުރި. ހެޔޮވާނެތޯ މިހާބޮޑެތި ދޮގުހަދަން އެހެންވީމައޭ ދަންނަވަން މިޖެހެނީ ފައިޒަލް ޙާން އަކީ ދޮގުވެރިއެކޭ.” އުސެއިދު ވިދާޅުވި އެވެ.

އުސެއިދު ވިދާޅުވީ ފައިޒަލް ޚާން އޮޅުވާލައި “ވައްކަން” ކުރަން އުޅުނޭ ދަންނަވަނީ އެކަން އޭނާ ކުރަން އުޅުނުކަމުގެ ހެކި އުސެއިދުގެ އަތުގައި ހުރީމަ ކަމަށާއި މީހަކުމަރަން އުޅުމެކޭ މީހަކު މަރާލުމެކޭ ތަފާތަކީ ކޮބާތޯ އައްސަވަމުން ވިދާޅުވީ ގެރިމަރުވަންދެން ބަލަހައްޓައިގެން ހުންނަންވީތޯ ކަމަށެވެ.

ދަތިތައް ގިރާކޮށް، ރަސްމީ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވުމުގެ މަސައްކަތް ދަނީ ކުރިއަށް: އެންއައިއައި

ފައިޒަލް ޚާން މިކަންތައްތައް ކުރުވަންއުޅުނީ އޭނާ ފޮނުވާފައި ހުންނަ އާރިޔާ ކިޔާ މާބާރުގަދަ އަންހެނަކު މެދުވެރިކޮށް ކަމަށް އުސެއިދު ފާހަގަކުރެއްވި އެވެ. އެ އަންހެން މީހާ އަމަލުތައް ހުންނަގޮތުންގެ ވާހަކަތަކާއި މުވައްޒަފުންނާ ދޭތެރޭ ކަންތައްކުރާ ގޮތުގައި ވާހަކައިގެ އިތުރުން އާސަންދަ ބިލްތަކުގައި އުސޫލުން ބޭރުން ބޮޑު އަގު ޖެހުމަށް ހޮސްޕިޓަލުގެ މުވައްޒަފުންނަށް މަޖުބޫރުކުރީވެސް އެ އަންހެން މީހާ ކަމަށް އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއްވެސް ވަނީ މިނޫހަށް ދިން އިންޓަވިއުގައި ބުނެފަ އެވެ.

އުސެއިދު ވިދާޅުވީ އަބަދުވެސް މަސައްކަތްކުރީ ޓައިމްލައިންގައިވާގޮތަށް ސަރުކާރަށާއި ރައްޔިތުންނަށް ތެދުވެރިކަމާ އިޙްލާސްތެރިކަމާއެކު  ކަންތައްތައް ކުރުވުމަށް ބާރުއެޅުމަށް ކަމަށެވެ.

ކުންފުނީގައި މަސައްކަތްކުރަން ތިބި މުވައްޒިފުންނަކީ ފައިޒަލް ޚާން އާއި ވާހަކަދެކެވި ނަގާފަތިބި މުވައްޒިފުންތަކެއް ކަމަށާޢި އެމޫނުތައް އެގްރިމަންޓްގައި ސޮއި ކުރި ވަގުތު އާއި އަދި ހޮސްޕިޓަލާއި ހަވާލުވި ރަސްމިއްޔާތުން ތިބޭފުޅުންނަށްވެސް ފެނިވަޑައި ގަންނެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރަށް އެއްވެސް މުވައްޒިފަކު ނަގާފައެއް ނުވާނެ ކަމަށާއި ފައިޒަލް ޚާންގެ ހަނދާން ހުންނަ މިންވަރާއި ދޭތެރޭގަވެސް ސުވާލު އުފެދޭކަމަށް އުސެއިދު ވިދާޅުވި އެވެ.

އެމް.އާރް.އައި، ޖެޏެޓިކް ޑިސްއޯޑަރގެ ވާހަކަ ފައިޒަލް ހާން ދައްކަވަނީ ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށް ތޯ ސުވާލުކުރައްވަމުން އުސެއިދު ވިދާޅުވީ އެއިން އެއްވެސް ހިދުމަތަކީ އަދި މިހާތަނަށް ނިމްސް މެޑިސިޓީގައިވެސް ގާއިމް ކުރެވިފައިވާ ޙިދުމަތްތަކެއްނޫންކަމަށެވެ.

“ފައިޒަލް ޚާން ސީޓީ މެޝިންގެ ވާހަކަ ދައްކާއިރު އެ މެޝިން ރާއްޖެފޮނުވީ އަޅުގަނޑު ޓްރިވެންޑްރަމް އަށްގޮސް ސީޓީ ރާއްޖެ ނުފޮނުވަނީސް މާލެ ނުދާނެކަމަށްބުނެ ޕްރެޝަރު ކުރުމުން. އަޅުގަނޑު އެތާހުރިން 1 މަސްވަންދެން. ސީޓީ ޝިޕްކުރީމަ މާލެ އަންނަން ޓިކެޓުވެސް ނަގާނުދެވުނު. މާލެއައީ އަމިއްލައަށް ޓިކެޓުނަގައިގެން. ކީއްވެތޯ ފައިޒަލް ޚާން ޓިކެޓުނަގާ އެޖެންޓާ ގުޅުމުންބުނީ 10 ޖުލައި 2017 ގައި ފައިޒަލް ޚާން އާއެކު ހަނިމާދޫއަށް އައި މީހުންނަށް ކުރެޑިޓައް ނެގި ޓިކެޓުގެ ފައިސާ އަދިވެސް ނުދައްކާތީ އިތުރު ކްރެޑިޓް ފައިޒަލް ޚާން އާށް ދެވެން ނެތްކަމަށް. ދެންކީކޭތޯ ބުނާނީ.” ބޮޑެތި ތުހުމަތުތަކެއް ފައިޒަލް ހާންއަށް ކުރައްވަމުން އުސެއިދު ވިދާޅުވި އެވެ.

އުސެއިދު ވިދާޅުވީ އެންމެ ކުޑަމިނުން ހޮސްޕިޓަލާއި ހަވާލުވާތާ 1 މަސްދުވަހުގެ ތެރޭގައި އިންސްޓޯލް ކުރަންޖެހޭ ސޮފްޓްވެއަރ 6 މަސް ފާއިތުވީއިރުވެސް އިންސްޓޯލް ނުކުރެވުނު ކަމަށާއި މިހާރުވެސް ބޭނުންކުރަމުން ގެންދަނީ ކުރިންވެސް ބޭނުންކުރަމުންދިޔަ ސޮފްޓްވެއަރ ކަމަށެވެ.

އެންއައިއައި އިން ހިންގާފައިވަނީ ފައިސާގެ ޖަރީމާތަކެއް، ބިލުތައް ބަދަލުކުރީ މަޖުބޫރުކޮށްގެން: މުވައްޒަފުން

“ކުޅުދުއްފުށި ހޮސްޕިޓަލްގައި ޑޮކްޓަރުންނެތި މިހާރު އޮތްހާލަތަށް ގޮސްފައިވާކަން ފައިޒަލް ޚާން އަށް އަންގާފައި ނުވާކަމަށާއި އެކަން އެގުނީ މިމަހު 18 ގައި މިނިސްޓްރީގައި އޮތް ބައްދަލުވުމަށް ދިއުމުންކަމަށް ފައިޒަލް ޚާން ބުނެފައިވޭ. ހެޔޮނުވާނެނޫންތޯ މިހާ ބޮޑެތި ދޮގުހަދަން. ދަންނަވަންތޯ އަޅުގަނޑު އަތުގައި ހޮސްޕިޓަލް މިހާލަތަށް އަތުވެދާނެކަން މީގެ ދޮޅުމަސް ކުރިން ފައިޒަލް ޚާން އަށް އަންގާ ދެއްކިވާހަކަ ތަކުގެ ޑޮކިއުމަންޓް އަޅުގަނޑު އަތުގައި އެބަހުރި އިނގޭތޯ. އަދި ދަންނަވަންތޯ ހޮސްޕިޓަލާއި ހަވާލުވުމުގެ ކުރިން އެކިއެކި ފަންނުގެ 17 ޑޮކްޓަރުންގެ ލައިސަންސް ފުރިހަމަކޮށް ފައިޒަލް ޙާން އާއި ވާނީ ހަވާލުކޮށްފައި. ކޮބާތޯ އެޑޮކްޓަރުން. ކީއްވެތޯ ނުފޮނުއްވަނީ. މިފަހަރު ފައިޒަލް ޙާން ބުނާނެ ކަންނޭގެ އެމީހުންގެ އަންނައުނު އަޅުގަނޑު ހިފަހައްޓައިގެން ދަތުރު ނުކުރެވިފަޔޭ ތިބީ.” އިތުރަށް ތަފްސީލްކޮށްދެއްވަމުން އުސެއިދު ވިދާޅުވި އެވެ.

ޑޮކްޓަރުން މަދުވެ ހޮސްޕިޓަލް އެ ހާލަތަށް އަދުވެދާނެ ކަމަށް ވިދާޅުވެ އުސެއިދާއި ފައިޒަލް ޙާން ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީން ޝޮޓްތަކެއްވެސް ކޭއޯއާ އުސެއިދު ވަނީ ހިއްސާވެސް ކޮށްފަ އެވެ.

އުސެއިދު ވިދާޅުވީ ފައިޒަލް ޚާން މިހާރުވެސް ކުރަންވަން އެއުޅޭ މަސައްކަތަކީ މީގެ 1 އަހަރު ކުރިން ސަރުކާރަށް ހުށައެޅި ޓައިމްލައިންގައި ވާކަންތައްތަކުގެ ވާހަކަ އަލުންދައްކާއި އޮޅުވާލާ ރައްޔިތުންނާއި ސަރުކާރުގެ ލޮލުގައި އަދުން އެޅުވުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވި އެވެ.

މަޝްވަރާގައި އިޙްލާސްތެރިކަމެއް ނެތް، ފައިޒަލް ހާން ވަނީ ކުންފުނި ކިޑްނެޕްކޮށްފަ: އުސެއިދު

“އަދިވެސް އަޅުގަނޑު ތަކުރާރުކޮށް ބުނަން ބޭނުމީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކޮށް ހިންގުމާއި ނިމްސް ހޮސްޕިޓަލް އާއި އެއްވެސް ގުޅުމެއްނެތޭ. އަދި ފައިޒަލް ޙާންގެ މި ހޮސްޕިޓަލް ހިންގާ ތަރައްޤީ ކުރުމުގެ އެއްވެސް ޤާބިލްކަމެއް އަދި ނިޔަތެއްވެސް ނެތްކަން ވަރައްސާފްކޮށް ވޭތުވެދިޔަ 6 މަސްދުވަހަށް ބަލާއިރު ފެނި ސާބިތުވާން އެބައޮތޭ. ފައިޒަލް ޚާންގެ ވިސްނުންހުރީ ހޯދުނުގޮތަކަށް ފައިސާ ހޯދުންކަން ވޭތުވެދިޔަތަނުން ވަރަށް ސާފުކޮށް އޭނާގެ އެކިއެކި ވާހަކަތަކުން އަޅުގަނޑަށް ވަރައްސާފުކޮށް ފެންނަން އެބައޮތް. ފައިޒަލް ޚާން ފޮނުވާފައިހުރި އާރިޔާ ކިޔާ އަންހެންމީހާ މެދުވެރިކޮށް ބިލްތަށް ބަދަލުކުރަން މަސައްކަތް ކުރިޔޭ. ފައިޒަލް ޚާން ހޮސްޕިޓަލަށް ފޮނުވާފައިހުރި ތަކެތީގެ އަގަށް ބަދަލުގެނެސް އޭގެންވެސް ވައްކަންކުރަން މަސައްކަތް ކޮއްފައިވެޔޭ ދެންވެސް އަޅުގަނޑު އަގައިން ނުބުނެ މަޑުމަޑުން ގެރިމަރުވަންދެން ހަމަހުންނަންވީތޯ.” އުސެއިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355