twitterviber whatsapp telegramfacebookyoutube instagram
26th May 2025

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 8 އަކަށް ކިޔަވައިދޭން ފަށައިފި

Jan 14, 2018

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގުރޭޑް 8 އުއްފަދައި މިއަހަރު ކިޔަވައިދޭން ފަށައިފި އެވެ. ޖަލާލުއްދީން ސްކޫލުގައި ކިޔަވައިދޭން ފެށުމުން އޭއީސީ ބަދަލުވެގެންދިޔައީ ޕްރައިމަރީ ސްކޫލަކަށެވެ.

ނަމަވެސް އަހަރުތަކަކަށް ފަހު އަނެއްކާވެސް މިއަދު މިވަނީ އޭއީސީގައި 8 އުއްފަދާ ކިޔަވާދޭން ފަށާފަ އެވެ.

ދަރިވަރުންނާއި މުޚާތަބު ކުރަމުން ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝަހީދާ އަލީ ވަނީ މިއަހަރަކީ ނަތީޖާ ރަނގަޅު އަހަަރަކަށް ހެދުމަށް ހުރިހާ ދަރިވަރުންނަށްވެސް ނަސޭހަތްތެރިވެފައެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވެފައިވަނީ ސްކޫލުގައި ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބައި، ބުލީ ކުރުން ފަދަ ނޭދެވޭ ސިފަތަކުން ދުރުވެ، މުހާތަބު ކުރުމުގައި ރިވެތި ގޮތް ބޭނުންކޮށް ކޮންމެ ކުއްޖަކަށް ވެސް އިހުތިރާމުކުރުމަށެވެ.

އަދި ކޮންމެ ދުވަހަކުވެސް ފިލާވަޅު ދަސްކުރުމުގައި ވަގުތު ކޮޅެއް ހޭދަކުރުމަށާއި އަހުލާގު ރަނގަޅު ދަރިވަރުންތަކަކަށްވުމަށް ނަސޭހަތްތެރިވެފަ އެވެ.

ހދ އޭއީސީގައި މިއަދު ބޭއްވި ހާއްސަ އެސެމްބުލީގައި ޕްރިންސިޕަލް ޝަހީދާ ވާހަކަދައްކަވަނީ–

ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނާއި ވަކިން މުހާތަބު ކުރަމުން ޕްރިންސިޕަލް ވިދާޅުވެފައިވަނީ، ” މިއަހަރަކީ ވަރަށް ހާއްސަ އަހަރެއް، މިއަހަރު މި ސްކޫލުގައި ފުރަތަމަ ގްރޭޑް 8 އުފެދުނު އަހަރު. އެހެންކަމުން މިއަހަރު ގްރޭޑް 8 ގައި މިތިބި ކުދިންނަކީ ވަރަށް ޝަރަފުވެރި ކުދިންކޮޅެއް، މި ސްކޫލުގެ ރިޒަލްޓް ދައްކާނީ މިކުދިން”.

ޝަހީދާ ވިދާޅުވީ މިދިޔަ އަހަރުގެ ނަތީޖާ ދަށްކޮށް ފެނުނުކަމުގައި ވިޔަސް މިއަހަރު ޓެސްޓްތަކަށް ރަނގަޅަށް ތައްޔާރުވެ، މުޅިން އައު އަޒުމަކާއެކު ނަތީޖާ ރަނގަޅު ކުރުމަށް މަސައްކަތް .ކުރުމަށެވެ. އަދި %100 ފާސް ގެނައުމަށް މަސައްކަތް ކުރުމަށް އެދަރިވަރުންގެ ކިބައިން އެދުނެވ

2687 ދަރިވަރުންނާ އެކު ކުޅުދުއްފުށީގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ޕްރިންސިޕަލްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ކާމިޔާބުވާނީ މަސައްކަތް ކޮށްގެންކަމަށެވެ. އަދި ހުރިހާ ކުދިންނަކީ ވެސް ގާބިލް ކުދިން ކަމަށާއި، ހުރިހާ ކުދިންނަށްވެސް ކާމިޔާބަށް އެދޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355