twitterviber whatsapp telegramfacebookyoutube instagram
25th April 2024

މިއަދު ހަވާލުކުރިއަސް ހޮސްޕިޓާ ހިންގާނަން، ހުރިހާކަމެއް އޮތީ ތައްޔާރަށް: އެންއައިއައި

Jan 14, 2018

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އުފެއްދި ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)ގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރަން މިނިސްޓްރީން ދިން މުއްދަތު ހަމަވިއިރު އެމައްސަލަ ހައްލުކޮށް މިނިސްޓްރީއަށް އަންގައިފި އެވެ.

އެންއައިއައިގެ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހި ހޮސްޕިޓަލުގެ ހިންގުން ހުއްޓުމުން ވަގުތީގޮތުން ހޮސްޕިޓާ ހިންގަމުންދަނީ ހެލްތް މިނިސްޓްރީންނެވެ.

ނޫރުލް އިސްލާމް އެޑިއުކޭޝަންގެ 80 ޕަސެންޓް ހިއްސާ އޮވެ އެވެ. އަނެއް 20 ޕަސެންޓް ހިއްސާ އޮންނަނީ ކުންފުނީގެ ޑިރެކްޓަރު އަލީ އުސެއިދުގެ އަތް މަތީ އެވެ. ހޮސްޕިޓަލް ހިންގަން މައްސަލަ ޖެހިފައިވަނީ ނޫރުލް އިސްލާމް އެޑިއުކޭޝަންގެ ފައިޒަލް ހާން އާއި އުސެއިދުއާ ދެމެދު ޖެހުނު މައްސަލަތަކާ ގުޅިގެންނެވެ. ހިއްސާދާރުންގެ މެދުގައި މައްސަލަ ބޮޑުވެ ހިޔާނާތުގެ އިނގިލި ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ދިއްކުރަމުންނެވެ.

ދަތިތައް ހައްލުކުރުމަށްކޮށްފައިވާ މަސައްކަތް ހިމަނައި މިނިސްޓްރީއަށް ފައިޒަލް ހާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މަޝްވަރާގެ މަތިން ކަންކަން ހައްލުކުރުމަށް ބޯޑް މީޓިންއެއް ބޭއްވުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އުސެއިދު އެކަމަށް އިންކާރު ކުރާތީ، ބޯޑް މީޓިންއެއް ކޯރަމް ހަމަނުވާތީ ބޭއްވިފައިނުވާ ކަމަށެވެ. އޭގެ ހައްލެއް ހޯދުމަށް ހާއްސަ ޖެނަރަލް މީޓިންއެއް ބާއްވައި ކަންކަން ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުުން ބޯޑަށް އިތުރު ތިން ޑިރެކްޓަރުން ވަނީ އައްޔަންކޮށްފަ އެވެ. މިހާރު އެ ކުންފުނީގައި އުސެއިދާއި ފައިޒަލް ހާންގެ އިތުރުން ތިން އެހެން ޑިރެކްޓަރު ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ތިން ޑިރެކްޓަރުންނަކީ 80 ޕަސެންޓް ހިއްސާދާރުގެ ނޮމިނީސް އެވެ. އާ ތިން ހިއްސާދާރުންނަކީ އިންޑިއާގެ ދެ މީހަކާއި އިނގިރޭސިވިލާތުގެ މީހެކެވެ. މީގެއިތުރުން ކުންފުންޏަށް ކޮމްޕެނީ ސެކްރެޓްރީއެއް ވެސް ވަނީ އައްޔަންކޮށްފަ އެވެ. ފައިޒަލް ހާން ވިދާޅުވީ، ކޯރަމް ހަމަނުވުގެން ދެން ބޯޑް މީޓިން ނުބޭއްވިގެން އުޅެން ނުޖެހޭނެ ކަމަށެވެ. އުސެއިދު ހާޒިރުނުވި ނަމަވެސް ކޯރަމް ހަމަވާނެ ކަމަށެވެ.

މި ބަދަލުތަކަކާއެކު އިދާރީ ކަންކަމާއި އެހެން އިންތިޒާމްތައް ވެސް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ފައިޒަލް ވިދާޅުވެފައިވެ އެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުގައި ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އިންޓަނޭޝަނަލް އޮޕަރޭޝަންސް މެނޭޖަރ އަހުމަދު ނަސީރު ކޭއޯއަށް މިއަދު ވިދާޅުވީ ދަތިތައް ހައްލުކޮށް އެކަން މިނިސްޓްރީއަށް އަންގާފައިވާނޭ ކަމަށެވެ. އަދި މިއަދު މިނިސްޓްރީން ހަވާލުކުރިނަމަވެސް ހޮސްޕިޓަލު ހިންގަން ތައްޔާެރަށް އޮތްކަމަށް އޭނާ ވިދާޅުވި އެވެ. އެކޯ މެޝިނާއި ސީޓީ މެޝިންވެސް މިހާރު ރާއްޖޭއަށް ގެނެސްފައި ހުރިކަން ފާހަގަކުރައްވަމުން އަހުމަދު ނަސީރު ވިދާޅުވީ އެ މެޝިންތައް ކުލިއާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާޢި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އެ މެޝިނުތައް ކުޅުދުއްފުއްޓާ ހަމައަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ފޮނުވުމަށް 15 ސްޕެޝަލިސްޓް ޑޮކްޓަރުން ތައްޔާރަށް ތިބިކަމަށާއި މިހާރު އިންޑިޔާއިން ކުރަން ޖެހޭ ކަންތައްތައް ނިންމިފައިވާ ކަމަށެވެ. ރާއްޖެއިން ވިސާ ކަންތައްތައް ހަމަޖެހުމުން ޑޮކްޓަރުން އަންނާނެ ކަމަށެވެ.

މުސްތަގުބަލުގައި ކޭއާރުއެޗް ތަރައްގީކޮށް ކުރިއަށްގެންދިއުމަށް ކުންފުނިން ވިސްނާފައި އޮތް ގޮތްވެސް މިހާރު އޮންނަނީ ހެލްތް މިނިސްޓްރީއާ ހިއްސާކުރެވިފަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންއައިއައިގެ ފަރާތުން މިހާރު އޮންނާނީ އެކަމުގައި ކުރިއަށްދާނެ ގޮތް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅާފައިވާ ކަމަށާއި މަޑުކޮށްލައިގެން މިތިބެނީ މިނިސްޓްރީގެ ބަހަކަށް ކަމަށެވެ. މިނިސްޓްރީ ވިދާޅުވާއިރަށް ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވެ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ޑޮކްޓަރުންނަކާއި ހަމަކޮށް ހިދުމަތްތައް ފަށާގަންނާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355