twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެންއައިއައި ތެރޭގައި އޮތް މައްސަލަ ހައްލެއް ނުވޭ، އަނެއްކާވެސް އޮޅުވާލުމެއް: އުސެއިދު

Jan 14, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން އުފެއްދި ނޫރުލް އިސްލާމް އިންޓަނޭޝަންގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުނުވާ ކަމަށާއި އެއީ އަނެއްކާވެސް އޮޅުވާލުމެއްކަމަށް އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވެއްޖެ އެވެ.

އުސެއިދު މިހެން ވިދާޅުމިވީ އެންއައިއައި ތެރޭގައި އޮތް މައްސަލަ ހައްލުކޮށް އެކަން ތަފްސީލުކޮށް އެންއައިއައި އިން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް މިއަދު ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެންއައިއައި 80 އިންސަތަ ހިއްސާ އޮންނަ ފައިޒަލް ޙާން ސޮއިކުރައްވައި ހެލްތް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ދިމާވި ދަތިތައް ހައްލުކުރަން އެ ކުންފުނީގެ ބޯޑަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެ ގޮތުން އަލަށް ތިން ޑައިރެކްޓަރުން ކުންފުންޏަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކުންފުނީގެ 20 ޕަސެންޓް ހިއްސާ އޮންނަ އުސައިދުގެ އިތުރުން އަލަށް ހަމަޖެއްސި ތިން ޑައިރެކްޓަރުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ދެ މީހަކާއި އިނގިރޭސި ވިލާތު މީހެކެވެ. އަލަށް ހަމަޖެއްސި ޑައިރެކްޓަރުންނާ އެކު ބައްދަލުވުމެއް ބާއްވާފައިވާ އިރު، އެ ބައްދަލުވުމުގައި އުސައިދު ބައިވެރިއެއް ނުވެ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި މިދިޔަ ދުވަސްތަކުގައި ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ނުބޭއްވި އޮތީ އުސައިދުގެ އެއްބާރުލުން ނުލިބިގެންނެވެ.

ކުންފުންޏަށް މިހާރު ގެނެސްފައިވާ ބަދަލާ އެކު، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެ ކުންފުނިން ތައްޔާރަށް އޮތް ކަން ވެސް ސިޓީގައި އެންއައިއައި އިން ވަނީ ފާހަގަކޮށްފަ އެވެ.

މިކަން ދޮގުކުރައްވާ އުސެއިދު ވިދާޅުވީ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ފައިޒަލް ހާން ވިދާޅުވާއިރު ހިއްސާދާރުގެ ޖަލްސާއަށް ދައުވަތުވެސް ނާރުވާކަމަށް އުސެއިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނިމްސް އަކީ މި ޕްރޮޖެކްޓަކީ އެއްވެސް ގުޅުމެއް ހުރި ތަނެއް ނޫން ކަމަށާއި އެހެންކަމުން މިޕްރޮޖެކްޓާ ބެހޭ ގޮތުން ނިމްސްއަށް އެއްވެސް ބަހެއް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޑް މީޓިންގ ތަކުގައި ބައިވެރިނުވާ ސަބަބު ހާމަކުރައްވަމުން އުސެއިދު ވިދާޅުވީ އޭނާ ބޯޑް މީޓިންގަ ތަކުގައި ބައިވެރިނުވަނީ ނޫރުލް އިސްލާމް އެޑިކެޝަންގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދޭތީ އެކަމާ މެދު ގޮތެއް ނިންމެވުމަށް އެކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި އެކަން ބައްލަވައި ޖަވާބެއް ދެއްވުމަށް އެދި އެ މިނިސްޓްރީގައި އެދިފައިވާތީ ޖަވާބެއް ލިބެން ކަމަށް އުސެއިދު ވިދާޅުވި އެވެ.

އުސެއިދު ވިދާޅުވީ އެކޮނޮމިކް މިނިސްޓްރީގައި ފޮނުވާފައިވާ މައްސަލައިގެ ޖަވާބެއް ނުލިބެނީސް އެއްވެސް ބޯޑު މީޓިންގ ގައި ބައިވެރިނުވާނެކަމަށް އެމްޑީ ފައިޒަލް ހާން އަށާއި މިނިސްޓްރީއަށްވެސް އަންގާފައިކަމަށެވެ. އޭނާ ވިދާޅުވީ މިހާބޮޑެތި ހިޔާނާތުގެ ތުހުމަތުތަކެއް ކުރެވި އޮތް ވަގުތެއްގައި ފައިޒަލް ހާން އަމިއްލައަށް ސޮއިކުރައްވާ ފޮނުވާ އެއްވެސް އެއްޗަކީ ބަލައިގަންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވެ ހެލްތް މިނިސްޓްރީއަށްވެސް އެކަން އަންގާފައިވާނޭ ކަމަށް އުސެއިދު ވިދާޅުވި އެވެ.

މައްސަލަތައް ހައްލުވެއްޖެކަމަށް ބުނެ މީޑިއާއަށް ސިޓީ ފޮނުވުމަކީ ވަރަށް ބޮޑު އޮޅޮވާލުމެއް ކަމަށާއި ހިއްސާދާރުންގެ ޖަލްސާއެއް ބޭއްވިކަމަށް ބުނާއިރު އެޖަލްސާއެއް ބޭއްވިކަންވެސް އެނގިވަޑައިގެންނުވާކަމަށް އުސެއިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355