twitterviber whatsapp telegramfacebookyoutube instagram
26th May 2025

ހުރިހާ ދަރިވަރުންވެސް އާ އުންމީދުތަކެއްކޮށް ކާމިޔާބު އަހަރަކަށް މިއަހަރު ހަދަން ޖެހޭ: ނާސިހާ

Jan 14, 2018

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކޮންމެ ދަރިވަރަކުވެސް އާ އުންމީދުތަކެއްކޮށް ކާމިޔާބު އަހަރަކަށް ހެދުމަށް އަފީފުއްދީން ސްކޫލު ޕްރިންސިޕަލް ނާސިހާ އިދުރީސް ގޮވާލައްވައިފި އެވެ.

މިއަދު އަފީފުއްދީން ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބުލީ ނިންމާލުމަށްފަހު ކޭއޯއަށް ދެއްވި އިންޓަވިއުގައި ނާސިހާ ވިދާޅުވީ ދިރާސީ އާ އަހަރެއް މިއަދު ފެށިގެންދިޔައިރު ކޮންމެ ދަރިވަރަކުވެސް އާ އުންމީދުތަކެއްކޮށް ކާމިޔާބީތަކެއް ހޯދުމަށް އަޒުމުކަނޑައަޅަން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރުތަކަށްވުރެ ޕޮޒިޓިވްކޮށް ހުރިހާ ބޭފުޅުންވެސް ވިސްނަވައިގެން ކުރިއަށްދިއުމަށް ޓީޗަރުންގެ ކިބައިންވެސް ނާސިހާ ވަނީ އެދިއްލަވާފަ އެވެ.

” ދަރިވަރުންނަށް ބުނެލަން ބޭނުންވަނީ ވޭތުވެދިޔަ އަހަރުގެ ޕާފޯމަންސްއަށް ބަލައި މިއަހަރު އެއަށްވުރެ ރަނގަޅަށް މަސައްކަތް ކުރާށޭ.” ޕްރިންސިޕަލް ނާސިހާ ވިދާޅުވި އެވެ.

ވާދަކުރަން ޖެހޭ ދިމާތަކެއް އޮތްކަން ދަނެ އެންމެ މުހިންމު ވާދައަކީ ވޭތުވެދިޔަ އަހަރުގެ ޕާފޯމަންސްއަށް ވުރެ ކުރިއަރަން ކުރާ ވާދަ ކަމަށާއި އެހެންކަމުން ކޮންމެ ކުއްޖަކުވެސް އަމިއްލަ ނަފްސު މިނެކިރައިގެން ކުރިއަށްދިއުމަށް ނާސިހާ ގޮވާލެއްވި އެވެ

މިދިޔަ އަހަރުވެސް ބެލެނިވެރިންގެ ވަރަށް ބޮޑެތި އެއްބާރުލުންތަކެއް ލިބުނުކަން ފާހަގަކުރައްވަމުން ނާސިިހާ ވިދާޅުވީ މިއަހަރުވެސް އެފަދަ އެއްބާރުލުމެއް ލިބޭނެކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355