twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޯދަނީ

Jan 15, 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޯޑުގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ތިންޖާގައަށް ކުރިމަތިލުމަށް ބޭންކުން މިއަދު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި، އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 އިން ފެބްރުއަރީ 22 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށެވެ. އަދި އެ ބޭންކުގެ އިއުލާނުގައި މި މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވެއެވެ.

މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 70 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅުންނަށެވެ. އަދި މީގެ އިތުރުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރެފައިވާ “ފިޓް އެންޑް ޕްރޮޕާ ރިކުއާމެންޓް” ގައި ބުނާ ޝަތުރުތައް ހުންނަން ޖެހޭނެ އެވެ. މީގެ އިތުރުން މި ދާއިރާ އިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށްވާން ޖެހޭނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

ބީއެމްއެލް ބޯޑަށް އެންމެ ފަހުން މިދިޔަ އަހަރު ބަދަލެއް ގެނެސްފައިވާއިރު، އެ ފަހަރު ގެނައި ބަދަލުތަކުގެ ތެރޭގައި ދެ އަހަރު ދުވަހު ޗެއާމަންކަން ކުރައްވާފައިވާ، ފަރީހާ ޝަރީފުގެ އިތުރުން، ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ޢުމަރު އާއި މުރުތަޟާ މުޙައްމަދު ދީދީ މުއްދަތު ހަމަކޮށް ބޯޑުން ވަކިވުން ހިމެނެ އެވެ.

މިހާރު ބޭންކުގެ ޗެއާޕާސަންއަކީ ސައީދާ އުމަރެވެ. އަދި ސީއީއޯއަކީ އެންޑްރޫ ހީލީ އެވެ. މީގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ ސިއީއޯ މުހައްމަދު ޝަރީފާއި މުހައްމަދު ލުއެއިޒް އަދި އަބްދުލް ހާރިސް އާއި އައިޝަތު އަރްޝާގެ އިތުރުން ރަބީހް މުހައްމަދާއި މުހައްމަދު އަބްދުލް ސައްތާރުގެ އިތުރުން އިބްރާހިމް މުހައްމަދު އަދި އިބްތިޝާމާ އަހުމަދު ސައީދު އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ބޭންކް، ކަމަށްވާ ބީއެމްއެލް އިން ވަނީ ވިދިވިދިގެން ހަތަރުވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް މިންވަރެއް މައްޗަށް ޖައްސާފަ އެވެ. އެ ކުންފުނިން މިދިޔަ އަހަރު ވަނީ 2016 ވަނަ އަހަރުގެ ފައިދާ އިން، 107.6 މިލިއަން ރުފިޔާ ނުވަތަ ހިއްއަކަށް 20 ރުފިޔާ ބަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355