twitterviber whatsapp telegramfacebookyoutube instagram
26th May 2025

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް !

Jan 17, 2018

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އެކަމަނާއަށް މަރުހަބާ ކިޔުމަށް ހާއްސަ ކޮށްފައިވަނީ ރަށު ކައުންސިލް ސަރަހައްދެވެ. މެޑަމް ފާތުމަތު އިބުރާހިމް އެސަރަހައްދަށް ވަޑައިގަތުން ސަގާފީ ހެދުމުގައި ތިބި އަންހެންވެރިން ވަނީ ރާނީއަކަށް ކިޔާފަދަ ހޫނު މަރުހަބާ ކިޔާފަ އެވެ.

އެސަރަހައްދަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ރައްޔިތުންނާ އެކަމަނާ ވަނީ ސަލާމްކުރައްވާފަ އެވެ.

މެޑަމް ފާތުން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ވަނީ ހޫން މަރުހަބާއެއް ކިޔާފަ–

މި ދަތުރުފުޅުގައި ކުޅުދުއްފުށީގެ ރައްޔިތުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެޑަމް ފާތުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މިދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަންފަރާއި ނޮޅިވަރަމްއަށްވެސް ވަނީ އެކަމަނާ ވަޑައިގަތުމަށް ހަމަޖެހިފަ އެވެ.

މެޑަމް ފާތުން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ވަނީ ހޫން މަރުހަބާއެއް ކިޔާފަ–

މާދަމާ ކުޅުދުއްފުށީ ހޮސްޕިޓަލަށް އެކަމަނާ ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު އިސް ރަށްވެހިންނާއި ޒުވާނުންނާވެސް މާދަމާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355