twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިމާރާތްކުރަން ފަށާފައިވާ ރޯހައުސްތައް ނިންމާ، ހައުސިންގ ގެ އާ މަޝްރޫއުއެއް ފަށާނަން: މުއިއްޒު

Jan 19, 2018

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ތެރެއިން ކުޅުދުއްފުށީގައި ހަދަން ފަށާ، މިހާރު ހުއްޓިފައި ހުރި ރޯހައުސްތަކުގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުންސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ރޯހައުސް އިމާރާތްކުރުމުގެ މަޝްރޫއުކުރިއަށްގޮސްފައިވާއިރު ދެ ސަރަހައްދެއްގައި ހުރި ރޯހައުސްތަކުގެ މަސައްކަތް ވަނީ މުޅިންހެން ނިންމާލާފަ އެވެ. ނަމަވެސް އެތަންތައް ހުބެލެހެއްޓުމުގެ ސަބަބުން ވަނީ ހަލާކުވާން ފަށާފަ އެވެ. އަދި ހިއްކި ސަރަހައްދުގައި އިމާރާތްކުރަން ފަށާފައިވާ ރޯހައުސްތަކުގެ މަސައްކަތް ވަނީ މިސަރުކާރު އައި ފަހުން ހުއްޓިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ހައުންސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުޅުއްދުއްފުށީގައި ކުރިއަށްނުގޮސް ހުއްޓިފައިހުރި ހައުސިންގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމާނާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

ކުޅުދުއްފުށީ ރައްޔިތުން ގެދޮރުވެރި ކުރުމުގައި މި ސަރުކާރު ވަނީ ފެއިލް ވެފައި!

މުއިއްޒު ވިދާޅުވީ އިމާރާތްކުރަން ފަށާފައިވާ ހައުންސިންގ ޔުނިޓުތަކުގެ އިތުރަށްވެސް ހައުސިންގެ އިތުރު މަޝްރޫއުތަކެއް ފަށާނެ ކަމަށެވެ. ނަމަވެސް އެމަޝްރޫއު ފަށާނެ ތާރީހެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.

ރޯހައުސްތަކުގެ ގުރުއަތުލުން ބާއްވާ، އެތަންނަށް ލިބޭނެ ފަރާތްތައް ކަނޑައަޅާފައިވީނަމަވެސް އޭގެ ރައްޔިތުންނާ ހަވާލުނުކުރާތީ ގިނަ ޝަކުވާތަކެއް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355